ދިވެހިރާއްޖެ
އިސްދޫ ހަވިއްތަ ކޮޅު ބޮޑު މަގު ދެފަރާތުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ:
މިރަށުގެ ބޮޑުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާތީ، މަސައްކަތް ހަލުވިކަމާއެކު، ނުހުއްޓި ކުރިޔަށްދާނެގޮތަށް ކައުންސިލްގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް މިގެންދަނީ ކުރަމުންނެވެ. މިގޮތުން އިސްދޫ ހަވިއްތަ ކޮޅު ބޮޑުމަގުގެ ދެފަރާތުގި ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށް ރުއްގަހުގެ ވެރިން ހޯދުމަށް މިހާރުވާނީ ރަތްކުލައިގެ ދަވާދުން ރުއްތަކުގައި ނަންބަރު ޖަހާފައެވެ.
ވީމާ، ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓްކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 5 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. މި ތާރީޚުގެ ފަހުން، ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.