ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)327-A/327/2026/149
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 09 އޮގަސްޓް 2026 12:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާނު

މަޤާމު:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-460546

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ / ޅ.ނައިފަރު

މުސާރަ:

9,495.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

2,850.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ

އެހެނިހެން އެލަވަންސްތައް

ހަމަޖެހިފައިވާ އުޞޫލުން އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ގާވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން
  4. ކައުންސިލަށް ލިބޭ އާމްދަނީ ބަލައިގަތުމާއެކު ރިޕޯޓްތައް ތައްޔާރުކުރުން
  5. ސަރުކާރުގެ އެކި މުއައްސަސާތަކުން ކައުންސިލް މެދުވެރިކޮށް ނަގާ ފީއާއި، ޖޫރިމަނާ އާއި މިނޫންވެސް މިފަދަ ފައިސާ ބަލައިގަނެ ގަވާއިދުން ރިޕޯޓް ތައްޔާރުކޮށް ކަމާބޭހޭ ފަރާތްތަކަށް ފޮނުވުން
  6. އެކި އެކި ފަރާތްތަކުން ދޭ އެހީގެ ފައިސާގެ ބަލައިގަނެ ރިޕޯޓް ތައްޔާރުކުރުން
  7. ބަލައިގަންނަ ފައިސާ، އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ގަވާއިދުން ޖަމާކުރަމުން ގެންދިއު އަދި ރިޕޯޓްތައް ތައްޔާރުކުރުން
  8. ބަލައި ގަންނަ ފައިސާގެ ތެރެއިން އެކި އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާ ގަވާއިދުން އެ ފަރާތްތަކަށް ފޮނުވާ ރިޕޯޓް ތައްޔާރުކުރުން
  9. ފައިސާ ރިޕޯޓް ޔުނިޓް ތަކަށްފޮނުވުން.
  10. ކޮންމެއަހަރެއްގެ ކައުންސިލްގެ ބަޖެޓް ތައްޔާރުކުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އެއްކޮށް، ބަޖެޓް ތައްޔާރު ކުރުމުގައި އިސްވެ ހަރަކާތްތެރިވުން
  11. ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން
  12. ބަޖެޓުން ޚަރަދު ކުރެވޭ ފައިސާ ގާވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމާއި، ބަޖެޓުން ޚަރަދު ކުރެވޭ ފައިސާ ގެ ރިޕޯޓް ތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން
  13. ބިލްތަކަށް މުއްދަތު ހަމަވުމުގެ ކުރިން ފައިސާދެއްކުމުގެ މަސައްކަތްކުރުން
  14. ތިޖޫރީގައި ބެހެއްޓޭ ފައިސާގެ ރިކޯޑްސް ގަވާއިދުން ބަލަހައްޓަމުން ގެންދިއުން
  15. ސަރުކާރުގެ މުއައްސަސާތަކުން ބަޖެޓަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް ތައްޔާރުކުރާ ލިޔެކިއުންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  16. މުވައްޒަފުންގެ މުސާރަ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  17. ކައުންސިލުން ހިންގާ ފައިސާގެ އެންމެހައި މުއާމަލާތަކުގައި އިސްވެ ހަރަކާތްތެރިވުން
  18. ކައުންސިލްގެ ބަޓުން ކުރެވޭ ޙަރަދުތަކުގެ މައްޗަށް ބިނާކޮށް ކޮންމެ މަހަކު އެއްފަހަރު ކައުންސިލްގެ ބަޖެޓް ޚަރަދު ރިޕޯޓް ތައްޔާރުކުރުން
  19. ކައުންސިލްގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރާ ލިޔެކިއުންތައް ތައްޔާރުކޮށް ކަމާ ގުޅޭ ފަރާތްތަކަށް ފޮނުވާ އެފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  20. ކައުންސިލުން ބަޖެޓަށް ގެންނަންބޭނުންވާ ބަދަލުތައް ބަޖެޓަށް ގެނެސް ބަޖެޓް އަޕްޑޭޓް ކޮށް ބެލެހެއްޓުން
  21. ކައުންސިލްގެ ބޭންކް އެކައުންޓްތައް މާލިއްޔާތު ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓުން
  22. ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް މާލިއްޔަތު ގަވާއިދާއި އެއްގޮތައް ތައްޔާރުކުރުން
  23. ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވާނަމަ މާލިއްޔަތު ގާވާއިދާއި އެއްގޮތްވާ ގޮތުގެމަތިން އެފައިސާ ހޯދުމުގެ މަސައްކަތް ކުރުން
  24. ބަޖެޓުން ޚަރަދު ނުކުރެވިހުންނަ ފައިސާއާއި މެދު މާލިއްޔަތު ގަވާއިދާއި އެއްގޮތައް އަމަލުކުރަމުން ގެންދިއުން
  25. ކައުންސިލް ބަޖެޓާ ގުޅިގެން އާންމުކުރަންޖެހޭ ލިޔެކިޔުންތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް އާންމުކުރަމުން ގެންދިއުން
  26. ބަޖެޓާގުޅޭ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން
  27. ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކުރުން

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، އޮޑިޓިންގ، އޮޑިޓިންގ އެންޑް ފްރޯޑް އިންވެސްޓިގޭޝަން،      ބޭންކިންގ، ބިޒްނަސް، ކޭޝިއަރިންގ،  ކޮމާރސް، ކޯޕަރޭޓް ފައިނޭންސް، ފައިނޭންސް، ފައިނޭންޝަލް އިކޮނޮމިކްސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް ޕްލޭނިންގ، ފޮރެންސިކް އެކައުންޓިންގ، އިންޓަރނަލް އޮޑިޓިންގ، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އިސްލާމިކް ފައިނޭންސް، ޕަބްލިކް ފައިނޭންސް

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް   

ބޭންކިންގ ގެ މަސައްކަތްތައް

އިންޝުއަރަންސްގެ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

އޮޑިޓިންގ ގެ މަސައްކަތްތައް

އިންޓަރނަލް އޮޑިޓިންގ ގެ މަސައްކަތްތައް   

އެޝުއަރަންސް ސަރވިސަސްގެ މަސައްކަތްތައް 

އެކައުންޓިންގ ގެ މަސައްކަތްތައް    ފައިނޭންސްގެ މަސައްކަތްތައް

ޕްރިފަރޑްޑިސިޕްލިން:

ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮގަސްޓް 2026 ގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަނއޮންނާނީ 18 އޮގަސްޓް 2026 އާ 03 ސެޕްޓެމްބަރ 2026 އާ ދެމެދު، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620127 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

31 ޖުލައި 2026