ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM/ADV/2026/161
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 22:19
ސުންގަޑި: 02 އޮގަސްޓް 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/161

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.    

 

 

މަޤާމް:

ސޭލްސް އެސިސްޓަންޓް (ދ. ކުޑަހުވަދޫ)

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        ދުވަހުން ދުވަހަށް ތެޔޮ ވިއްކުމުގެ މުޢާމަލާތްތައް ބެލެހެއްޓުމާއި، ރަސީދު ދޫކުރުމާއި، އަދި ފައިސާގެ ރެކޯޑުތައް ސައްޙަކަމާއެކު ބެލެހެއްޓުން.

-        ދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި އަދި ރިކޮންސައިލް ކުރުން.

-         ޓޭންކުތަކުގައި ވާ ތެލުގެ  މިންވަރު ބަލައި ރެކޯޑުކޮށް، ތެލުގެ ސްޓޮކްގެ ޢަދަދުތައް ސައްޙަކަން ކަށަވަރުކުރުމާއި އަދި  އެހެނިހެން ޓެކްނިކަލް މަސައްކަތްތައް ކުރުން

-        އިންވޮއިސްތައް ތައްޔާރުކުރުމާއި އަދި ކަސްޓަމަރުންގެ ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ކުރުން.

-        ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި އަދި ތެލަށް އެދޭ އެދުންތައް ފުރިހަމަކުރުމާ އެކު، ރަނގަޅު ފެންވަރެއްގައި ކަސްޓަމަރ ސަރވިސް ފޯރުކޮށްދިނުން.

-        ސުޕަވައިޒާރ ނުވަތަ މެނޭޖަރ ޙަވާލުކުރާ އިދާރީ މަސައްކަތްތައް ކުރުން.

-        ހުރިހާ މުޢާމަލާތްތަކާއި ހިންގުންތައް ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.

ޝަރުތުތައް:

-        ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-        ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މުސާރަ:

-        11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ދ. ކުޑަހުވަދޫ

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 02 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހު މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް، https://www.fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

30.07.2026

30 ޖުލައި 2026