ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2026/36
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 18 އޮގަސްޓް 2026 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ

އިޢުލާން

           ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ(.)

   މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަނޑުތަކީ:

1)  - ރުއްގަނޑު 1 (ކޮލެތެރެމަގު ހުޅަނގު ކަނުން ފެށިގެން ސްކޫލްގެ ހުޅަނގު ކަނާ ހަމައަށް) މި ސަރަހައްދުގައި   ހިމެނެނީ ފޯދުނު 35 އަދި ނުފޯދޭ ކަނދުބުޑުލީ  15  ރުއް

2)  - ރުއްގަނޑު 3 (އާއިލީ ޕާކްގެ އިރުމަތި ފަރާތު ކަނާ ހަމައިން ނެރު ފައިކަށްޓާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 12 އަދި ނުފޯދޭ ކަނދުބުޑުލީ 1 ރުއް

    މިރުއްގަނޑުތައް ވަރުވާއަށް ނަގަން ބޭނުންވާ ފަރާތްތަކުން 11 އޮގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

                       ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

     

30 ޖުލައި 2026