ތަމްރީނު
ނަންބަރު: (IUL)22-HE/22/2026/191
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 05 އޮގަސްޓް 2026 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
KDI School of Public Policy and Management Scholarship - Spring 2027

KDI School of Public Policy and Management Scholarship

 Spring 2027

ޤައުމު: ކޮރެއާ

މާސްޓަރސް ޑިގްރީ

ކޯހުގެ ލެވެލް އަދި ޢަދަދު:

  • މާސްޓަރސް އިން ޕަބްލިކް ޕޮލިސީ
  • މާސްޓަރސް އިން ޑިވެލޮޕްމަންޓް ޕޮލިސީ
  • މާސްޓަރސް އިން ޕަބްލިކް މެނޭޖްމަންޓް
  • މާސްޓަރސް އިން އިންޓަލެކްޗުއަލް ޕްރޮޕަޓީ އެންޑް ޑިވެލޮޕްމަންޓް ޕޮލިސީ
  • މާސްޓަރސް އިން ޑާޓާ ސައިންސް ފޯރ ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް

ދާއިރާ

މާސްޓަރސް ޑިގްރީގެ ޝަރުތު:

  1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން. (31 އޮގްސްޓް 2026 ގެ ކުރިން ހާޞިލްކޮށްފައިވާ)
  2. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން.
  3. މި މިނިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

  1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
  2. އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ވެލިޑޭޓްކޮށްފައި)
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ.
  5. ފުރިހަމަކޮށްފައިވާ ކޭ.ޑީ.އައި އެޕްލިކޭޝަން ފޯމް.
  6. އޮންލައިން ސާވޭ ފޯމް ކޮޕީ. (އަޕްލޯޑް ކޮށްފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި ބުނެފައިވާ ގޮތައް)
  7. އޮންލައިން ރެކޮމެންޑޭޝަން ލެޓަރ (އަޕްލޯޑް ކޮށްފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި ބުނެފައިވާ ގޮތައް)
  8. ވަޒީފާ އަދާކުރަމުންދާކަމުގެ ލިޔުން
  9. އެޕްލައިކުރާ ޔުނިވާސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވާކަން އަންގައިދޭ ލިޔުން.
  10. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  11. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

  • މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މި މިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.
  • މި ސްކޮލަރޝިޕަށް އެޕްލައިކުރާނީ މި މިނިސްޓްރީގެ ޕޯޓަލް އަދި ކޭ.ޑީ.އައިގެ އޮންލައިން އެޕްލިކޭޝަން ސިސްޓަމް މެދުވެރިކޮށް، ދެގޮތަށެވެ.
  • މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ކުރި ޕޯޓަލްއިންނާއި ތިރީގައިވާ ލިންކްއިން ލިބެންހުންނާނެއެވެ.
  • www.kdischool.ac.kr
  • މި ސްކޮލަޝިޕްގެ ދަށުން އެޑްމިޝަން ފީ، ޓިއުޝަން ފީ، އެކޮމޮޑޭޝަން، ސައިޓައިޕެންޑް އަދި ރިޓާން ޓިކެޓް (އިކޮނޮމީ ކްލާސް) ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައިދޭނެއެވެ.
  • މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން، ކޭ.ޑީ.އައިގެ އެޕްލިކޭޝަންއާއި އެއާއިއެކު ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް އަދި ކޮޕީ ސެޓެއް 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.
  • ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
  •  އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
  • މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް" އިން ލިބޭނެއެވެ.
  • ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ސްކޭން ކޮޕީއެއް ޕްރޮފައިލްގައި ހިމަނަން (އެޓޭޗްކުރަން) ވާނެއެވެ.

އިތުރު މަޢުލޫމާތު:

05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން

ސުންގަޑި:

އެޕްލިކޭޝަން ހުށަހަޅާނީ : މި މިނިސްޓްރީގެ ޕޯޓަލް    https://kuri.egov.mvއަދި ކޭ.ޑީ.އައި ސްކޫލް އެޑްމިޝަން ވެބްސައިޓް  https://kdischool.ac.kr/admissions/  މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިން ކުރާނީ  [email protected] އަށެވެ.

30 ޖުލައި 2026