ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ކެނދި ހިޔާ ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ކެނދި ހިޔާ ގެސްޓްހައުސް ހިންގުމަށް ދޫކުރެވޭނެ މުއްދަތަކީ 35 އަހަރެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވެވޭނީ އަދި ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
|
ހ - ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 6 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ. ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.cloud.microsoft/r/XqK2tjsJyQ ނ – މަޢުލޫމާތު ސާފުކުރުމަށް އަދި ބީލަން ހުށަހެޅުމަށް ވަޑައިގަނެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. |
|
ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 9 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ސެޝަނަށްފަހު، މަޢުލޫމާތު ޝީޓު ފޯރުކޮށްދިނުމަށްފަހު، 13 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ. ށ - ބީލަން ހުށަހަޅާފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. ނ - މަޢުލޫމާތު ސާފުކުރަން ހާޟިރު ނުވެވޭ ފަރާތުގެ، ބަދަލުގައި އެހެން ފަރާތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާނަމަ، ބައްދަލުވުމުގައި ބައިވެރިވުމުގެ ހުއްދަދިން ކަމުގެ އިޤުރާރުގައި ސޮއިކޮށް މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. (މި އިޤުރާރު ހިމެނިފައިވަނީ ބީލަން ހުށަހަޅާ ފޯމުގެ ޖަދުވަލު 4 ގައެވެ.) |
|
ހ - ބީލަން ހުޅުވުން އޮންނާނީ 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. |
|
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ - ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
16 ސަފަރު 1448