ކުއްޔަށް ދިނުން
ނަންބަރު: (IUL)386-ESMS/386/2026/68
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 06 އޮގަސްޓް 2026 14:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

އިޢުލާން

ތ. ގުރައިދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށްކުއްޔަށް ބިން ދޫކުރުން

މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކޮށްފައިވާ ބިންތައް، މަހަކު އަކަފޫޓަކަށް 15/- (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، މިކަމަށް ޝަޢުޤްވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2026 އޮގަސްޓް 02 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2026 އޮގަސްޓް 02 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ: [email protected]

ބީލަން ހުޅުވުން އޮންނާނީ 2026 އޮގަސްޓް 06 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

15 ސަފަރް 1448                   

30 ޖުލައި 2026

30 ޖުލައި 2026