މަސައްކަތް
ނަންބަރު: (IUL)434-PRC/434/2026/79
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 10 އޮގަސްޓް 2026 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ބައެއް ސެކްޝަން އަދި ސެންޓަރުތައް ހިންގަމުންގެންދާ ގ. ގްރީންގޭ ސެކިއުރިޓީ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ބައެއް ސެކްޝަން އަދި ސެންޓަރުތައް ހިންގަމުންގެންދާ ގ. ގްރީންގޭ ސެކިއުރިޓީ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 24 ޖޫން 2026 ވަނަ ދުވަހު ގެޒެޓްކުރެވުނު ނަންބަރު: IUL434-PRC/434/2026/68 އިޢުލާނާއި ގުޅިގެން ނެގުނު އަންދާސީ ހިސާބުތައް ބާޠިލްކުރެވިފައިވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 30 ޖުލައި 2026ވާ ބުރާސްފަތި ދުވަހުން ފެށިގެން 09 އޯގަސްޓް 2026ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

10 އޯގަސްޓް 2026

(ހޯމަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

30 ޖުލައި 2026