މަސައްކަތް
ނަންބަރު: (IUL)438/1/2016/5
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 07 މާރިޗު 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށްޓަކައި ޑީޓެއިލްޑް ޑިޒައިން ހެދުމާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށްޓަކައި ޑީޓެއިލްޑް ޑިޒައިން ހެދުމަށާއި ޓެންޑަރ ޑޮކިއުމެންޓުތައް ތައްޔާރުކުރުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ މަޤުޞަދަކީ މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލައި ޒަމާނީ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުމެވެ.

ކޮންސަލްޓެންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ޑީސަލް ޕަވަރ ޖެނެރޭޝަން ސިސްޓަމް ކޮންސްޓްރަކްޝަނާއި ޕްލޭންކުރުމާއި ޑިޒައިން ކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.  

ށ)  ޑިސްޓްރިބިއުޝަން ޕްލޭނިންގ އަދި އޮޕަރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

ނ) ޕަވަރ ސިސްޓަމް އެކައުންޓިންގ، ފައިނޭންސް އަދި އިކޮނޮމިކް އެނަލިސިސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.  

ރ) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަދި ޤާނޫނުތަކަށް، ޚާއްޞަކޮށް ހަކަތައިގެ ދާއިރާ ރެގިއުލޭޓްކުރުމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ބ) ކޮންސަލްޓެންޓް ޓީމުގައި މަދުވެގެން އިލެކްޓްރިކަލް އިންޖިނިއަރަކާއި، ސިވިލް އިންޖިނިއަރަކާއި، މެކޭނިކަލް އިންޖިނިއަރަކާއި އަދި ޕްރޮކިއޯމެންޓް ސްޕެޝަލިސްޓެއް ހިމެނެންވާނެއެވެ.

- މީގެ އިތުރުން ކްލަޔަންޓާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާއަށް ބެލޭނެއެވެ.

މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މަސައްކަތާ ހަވާލުކުރެވިފައިވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.   

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 2016 މާރިޗު 07 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: -3018-301960+

އީމެއިލް: [email protected]

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

08 ފެބުރުވަރީ 2016

08 ފެބުރުވަރީ 2016