ޢާންމު މަޢުލޫމާތު
ނަންބަރު: 263/263/2026/55
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 09 އޮގަސްޓް 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެސަންއާ ގުޅޭ

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ( 10 އޮގަސްޓު 2026) ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ނެއްލައިދޫ ކައުންސިލް ގުޅިގެން، ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ދަނޑުވެރިން ހައްދާ ގަސްތަކަށް ޖެހޭ ބަލިތަކާއި ،އެކަމުން ސަލާމަތްވާނެ ގޮތްތަކުގެ މައުލޫމާތު ސެސަނެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، މިސެސަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން ބައިވެރިވުމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 2026 އޮގަސްޓު 09 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯރމް ފުރުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ 6520503 ނަންބަރާ ގުޅުއްވާ ނަން ނޯޓް ކުރެއްވުން އެދެމެވެ.

ފޯރމްގެ ލިންކު: ދަނޑުވެރިންނަށް ބާއްވާ މައުލޫމާތު ސެސަން 2026 – Fill out form

 

ދަނޑުވެރިން ހައްދާ ގަސްތަކަށް ޖެހޭ ބަލިތަކާއި ،އެކަމުން ސަލާމަތްވާނެ ގޮތްތައް

ސެސަންގެ ތަފްސީލް:

75

ބައިވެރިވުމަށް ޖާގައޮތް އަދަދު:

09 އޮގަސްޓު 2026، 12:00

ބައިވެރިވުމުގެ ސުންގަޑި:

2026 އޮގަސްޓު 10

ކޯސް އޮންނަ ދުވަސްތައް:

 

         ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

30 ޖުލައި 2026