ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)N6-HC/2026/02
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 03 އޮގަސްޓް 2026 12:00
ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލެބޯޓަރީ ހެދުމަށް ރޫމް ކުއްޔައް ހިފުން

    ކަނޑޫދޫ ސިއްޙީމަރުކަޒުގެ ލެބޯޓްރީއެއް ހިންގުމަށް ކޮޓަރިއެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުން

                   މިމަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށްޓަކައި ކޮޓަރިއެއް 1 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.  ވީމާ، މިފަދަ ކޮޓަރިއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި މަރުކަޒުގެ އީ-މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މިމަރުކަޒުގެ އޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.  

          ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީބިޑް ނޯންނާނެ ކަމަށް ދަންނަވަމެވެ.

          ބީލަން ހުޅުވުން އޮންނާނީ 3 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:00ގައި މިމަރުކަޒުގެ އެޑްމިން ބައިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްތަކައި ދަންނަވަމެވެ.

         ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

           އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި މަރުކަޒުގެ ނަންބަރު 6780020 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

30 ޖުލައި 2026