ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)389/389/2026/23
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:09
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކަށް ތިރިވެފައިވާ ގަސްގަހުގެ އަފިތައް ކޮށުމާބެހޭ

މިހާރަކަށް އައިސް ރަށުގެ އެކިއެކި ގޯތިތަކުގައި ހުރި ބައެއް ރުއްރުކުގެ ފަންތަކާއި، ގަސްގަހުގެ އޮފިތައް މަގުމަތީގައި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް އުނދަގޫވާވަރަށް ތިރިވެފައިހުންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

ވީމާ ، މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިދެންނެވި ގޮތަށް ހިނގާބިނގާވާމީހުންނަށާއި ،ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަސްގަހުން މަގުމައްޗަށް ތިރިވެފައިވާ އަފިތަކާއި، ރުއްރުކުގެ ފަންތައް އެގޯއްޗެއްގެ ވެރިފަރާތުން ނުވަތަ ގޯތީގައި ދިރިއުޅޭ ފަރާތްތަކުން 10 ފޫޓް އުސްމިނުގައި ކޮށައި ސާފުކުރުމަށް އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

30 ޖުލައި 2026