ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2026-62
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 06 އޮގަސްޓް 2026 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - މެޑިކަލް ކްލެއިމްސް

އިޢުލާން ނަންބަރު: ASND-HCM-IUL-2026-62

މަޤާމް: ސީނިއަރ އޮފިސަރ

ވަޒީފާގެ ބާވަތް: ވަގުތީ (1 އަހަރު)

ސެކްޝަން: މެޑިކަލް ކްލެއިމްސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތު ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހެލްތް އެޑްމިނިސްޓްރޭޓިވް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މާޤާމާގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ޝޯޓްލިސްޓް ކުރުމުގެ މަރުހަލާގައި އިސްކަންދެވޭނީ، މަގާމާ ގުޅުންހުރި ކޮލިފިކޭޝަންތަކާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދަ ހެލްތް އިންޝުއަރެންސް އާއިގުޅޭ ކްލެއިމްސްތަކުގެ ސިއްހީ ދާއިރާއާއި ގުޅޭ އެންމެހައި ކަންކަން ޗެކްކުރުން.
  2. އާސަންދަ ހެލްތް އިންޝުއަރެންސް އާއިގުޅޭ ކްލެއިމްސް ޑޮކިއުމަންޓްސްތައް ޕްރޮސެސް ކުރުން.
  3. ލިބިފައިވާ ލިޔުންތައްބަލައި، ކްލެއިމްސް ތަކަކީ ރީއިމްބާސް ކުރަންޖެހޭ ނުވަތަ ސެޓްލް ކުރަންޖެހޭ ލިޔުމެއްތޯ ކަނޑައެޅުން.
  4. ސެކްޝަނުން ހަވާލުކުރާ ޕްރޮޖެކްޓްތަކާއި އެކްޝަން ޕްލޭންތައް ސްޓިއަރކޮށް ބެލެހެއްޓުން.
  5. ސެކްޝަނުން ހަވާލުކުރާ ކަމާބެހޭ ސޮފްޓްވެއަރ ރިކުއަރމަންޓްސް، އެސްއޯޕީސް އަދި އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން.
  6. ސާވިސް ޕްރޮވައިޑަރުންގެ އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތައް ކަނޑައެޅިފައިވާ ވަގުތަށް ރިކޮންސިލިއޭޓްކުރުން.
  7. ބިލް ނުކުރެވޭ މުއާމަލާތްތައް ވަގުތަށް ރިކޮންސިލިއޭޓްކޮށް ކެންސަލްކުރުން.
  8. ސެކްޝަނަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން.
  9. ހިދުމަތްތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ ޖަވަބުދާރީވުން.
  10. މީގެ އިތުރުން ޑިޕާޓްމަންޓްގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރ/ޑިޕާޓްމަންޓް ހެޑް އަންގާގޮތެއްގެ މަތިން ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. ޑާޓާ އެނަލައިޒް އަދި އިވެލުއޭޓް ކުރަން އެެނގުން.
  3. ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކޮށް ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
  4. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  5. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް:

  • -/15،200 ރުފިޔާ
  • ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

    

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

30 ޖުލައި 2026