ބީލަން
ނަންބަރު: (IUL)408-CA/408/2026/36
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 13 އޮގަސްޓް 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާ ކޯހުގެ 2 ވަނަ ބެޗް ހިންގައިދޭނެ ފަރާތެއް ހޮވުން:

ފަހާކޯހުގެ 2 ވަނަބެޗްހިންގައިދޭނެފަރާތެއްހޮވުން:

 

މި ކައުންސިލުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަޢުލީމާއި، ހުނަރު އިތުރު ކޮށްދިނުމުގެ ގޮތުން 2025ވަނަ އަހަރުގެ މޭ މަހުގައި ހިންގި ފަހާ ކޯހުގެ 2ވަނަ ބެޗް ހިންގަައިދޭނެ ފަރާތެއް ހޮވުމަށް 12 އޭޕްރީލް 2026ގައި ކުރެވުނު މި އިދާރާގެ ނަންބަރު  (IUL)408-CA/408/2026/16އިއުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، ހަތަރުވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި

2026 އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

  ބީލަން ހުޅުވުން

2026 އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

 

އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑިތަކުގައި މި އިދާރާގެ ނަންބަރު 6820007 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

29 ޖުލައި 2026