ދިވެހިރާއްޖެ
އިޢުލާން
މި ހޮސްޕިޓަލަށް NVR (ނެޓްވޯކް ވީޑިއޯ ރިކޯޑް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 28 ޖަނަވަރީ 2016 މި ތާރީޚުގައި ކުރި އިޢުލާނަށް ސަޕްލަޔަރުންގެ ފަރާތުން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަން |
ގަޑި |
ތާރީޚު (ދުވަސް) |
ތަފުސީލު |
ކޮންފަރެންސް ހޯލް |
13:30 |
11 ފެބުރުވަރީ 2016 (ބުރާސްފަތި) |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ކޮންފަރެންސް ހޯލް |
10:00 |
14 ފެބުރުވަރީ 2016 (އާދީއްތަ) |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
29 ރަބީޢުލްއާޚިރު 1437