ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2026-59
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 21:52
ސުންގަޑި: 05 އޮގަސްޓް 2026 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ - މެޑިކަލް ކްލެއިމްސް

އިޢުލާން ނަންބަރު: ASND-HCM-IUL-2026-59

މަޤާމް: އޮފިސަރ

ވަޒީފާގެ ބާވަތް: ވަގުތީ (1 އަހަރު)

ސެކްޝަން: މެޑިކަލް ކްލެއިމްސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތު ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހެލްތް އެޑްމިނިސްޓްރޭޓިވް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މާޤާމާގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު މާޤާމާގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ބަލައިގަތުމާއި، ބަލައިގަންނަ އިންވޮއިސްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.
  2. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ޕްރޮސެސްކޮށް، އިންވޮއިސްތަކުގެ މައުލޫމާތު ޗެކްކޮށް ލިބިފައިވާ އިންވޮއިސްތައް އިވެލުއޭޓް ކުރުން.
  3. އިންވޮއިސްތައް ޕޯޓަލް މެދުވެރިކޮށް ބަލައި އެޕްރޫވް ކުރުން.
  4. ކޮންމެ ދުވަހަކުވެސް ޔުނިޓަށް ލިބޭ އިންވޮއިސްތަކުގެ އަދަދުބަލައި ނުނިމިހުންނަ މަސައްކަތުގެ އަދަދު މަދުކުރުން.
  5. ޚިދުމަތްދޭ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަތުމާއި އަދި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
  6. އަމިއްލައަށް އިސްނަގައިގެން ޑިޕާޓްމަންޓްތެރޭ ނުނިމި ހުރި މަސައްކަތްތައްބަލައި އެމަސައްކަތްތައް ނިންމުމަށް އެހީތެރިވުން.
  7. ޑިޕާޓްމަންޓްގެ އެހެނިހެން މަސައްކަތްތައް ސުޕަވައިޒަރުން އަންގާގޮތެއްގެމަތިން ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް:

  • -/13،200 ރުފިޔާ
  • ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

    

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

29 ޖުލައި 2026