ދިވެހިރާއްޖެ
އޮޑިދޯނިފަހަރު އެހެލުމަށް ޚާއްސަކުރެވިފައިވާ ސަރަޚައްދުގައި އަމިއްލަ ފަރާތްތަކުން އިންދާފައިވާ ރުއްގަސް ނެގުމަށް ކުރި އިޢުލާނަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޟަތު ހުޅުވާލަމެވެ. އޮޑިދޯނިފަހަރު އެހެލުމަށް ކަނޑައަޅާފައިވާ އެބިމުގައި އަމިއްލަ ފަރާތްތަކުން އިންދާފައިވާ ފޯދުނު 39 ރުއް އަދި ނުފޯދޭ 16 ރުއް، އޮޑިއެހެލާ ސަރަޚައްދުގެ އިރު އުތުރުން ކެނޑުމަށް ހަމަޖެހިފައިވާ ފޯދުނު ރުއްތަކުގައި O/01 އިން O/39 އަދި ނުފޯދޭ ރުއްތަކުގައި N/01 އިން N/16 އަށް ނޫކުލައިން ނަންބަރުޖަހައި ފާހަގަ ކޮށްފައިވާނެއެވެ.
ވީމާ، މިދެންނެވިގޮތަށް ނަންބަރު ޖަހާފައިހުރި ރުއްތަކުގެ ވެރިފަރާތްތަކުން ރުކުގައި ޖަހާފައި ހުރި ނަންބަރު އަދި އެއީ އެފަރާތެއްގެ ރުކެއްކަން އެނގޭނޭ ދެ ހެކިވެރިންގެ މަޢުލޫމާތާއެކު 05 އޮގަސްޓް 2026 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން މިޢިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.