ދެންނެވުން
ނަންބަރު: WAMCO-OPS/IUL/2015/012
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 16:10
ސުންގަޑި: 21 ފެބުރުވަރީ 2016 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޢިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދޭކުނިން ފީ ނެގުމާގުޅޭ

މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ވަކި ހަމަތަކެއްގެ މަތިން ކުރުމަށް މި ކޯޕަރޭޝަނުން މިހާރު މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އުފުލިތައް ބަހައްޓާފައިވާ އެމް.ޕީ.އެލް ސަރަހައްދަށް (މީރުބަހުރު ބަނދަރުން ވަންނަ ގޮތަށް) ޕިކަޕް އަދި ލޮރީގައި ގެނެވޭ އިމާރާތް ކުރުމުގެ މަސައްކަތުގައި އުފެދޭ (ކޮންސްޓްރަކްޝަން އަދި ޑިމޮލިޝަން) ކުނިން 2016 ފެބުރުވަރީ 15 ވަނަ ދުވަހުން ފެށިގެން ފީ ނެގުމަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. މިގޮތުން، ފީ ނެގޭނީ ކުނި ގެންދާ ޕިކަޕް އަދި ލޮރީގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް -/200 ރުފިޔާގެ ރޭޓުންނެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލު މި ކޯޕަރޭޝަންގެ ވެބްސައިޓް  www.wamco.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. 

27 ރަބީޢުލްއާޚިރު 1437

06 ފެބުރުވަރީ 2016