ވަޒީފާގެ ފުރުޞަތު
ނަންބަރު: 669-A/2026/5
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 09 އޮގަސްޓް 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

މި މަޤާމަށް މީހަކު ހޮވުމަށް ކުރިން ކުރެވުނު ނަންބަރ: 2025/43/އޭ-669 އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން މި މަޤާމަށް އިޢުލާނު ކުރަމެވެ.

އިޢުލާނު

މަޤާމު:

ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 4

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓު

ސެކްޝަން:

އިދާރީ / ޝަރުޢީ

މުސާރަ:

-/9860 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/2955 ރުފިޔާ
  • ހާޟިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/80 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކޯޓު ހުޅުވައި ލެއްޕުން.
  2. ކޯޓަށް ލިބޭ ހުރިހާ ލިޔުންތައް މެމްސްއަށް އެންޓްރީކުރުމާއި، ޑިސްޕެޗުކުރުމާއި، މައްސަލަތަކާއި އެއާއިގުޅޭ އިތުރު ލިޔުންތައް ސީއެމް އެސްއަށް އެންޓްރީ ކުރުމާއި އަޕްލޯޑްކުރުން.
  3. ކައުންޓަރ ބެލެހެއްޓުމާއި ފޯނު ކޯލުތަކަށް ޖަވާބުދާރީވުން.
  4. ކޯޓަށް ލިބޭ ސިޓީ ނުވަތަ މެސެޖު ފަދަ ލިޔުންތަކުގެ ތެރެއިން އިދާރީގޮތުން ޖަވާބުދާރީ ވާންޖެހޭ އެންމެހައި ލިޔުންތަކަށް، ވެރިންގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚުގެކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. ކޯޓުގެ މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ކޯޓް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން އެންގުން.
  6. މުވައްޒަފުންގެ ޕީ.އޭ ފޯމްތަށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ތައްޔާރުކޮށް ސެކްޝަންތަކުގެ ވެރިންނާއި ޙަވާލުކުރުން.
  7. ކޯޓު މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ އިޤްރާރާއި، އަދި މި ނޫންވެސް ވަޒީފާއާގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް އެ މުވައްޒަފުންނާ ޙަވާލުކުރުން.
  8. މުވައްޒަފުން ބޭރަށްދާއިރު ލިޔާފޮތް ތައްޔާރުކޮށް ސޮއިކުރުވާ ބެލެހެއްޓުން.
  9. މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، ޗުއްޓީ ކަންތައް ހަމަޖެއްސުން.
  10. މުވައްޒަފުންގެ ރެކޯޑް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  11. ކޯޓުގެ އިދާރީ ކަންތައްތައް، ކޯޓުގެ އެހެން މުވައްޒަފުންނާއި ގުޅިގެން ފަރުވާތެރިކަމާއިއެކު ކުރުން.
  12. މުވައްޒަފުންނަށް ރެކްރިއޭޝަން ހަރަކާތްތައް ކޯޓް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ރާވައި، އިންތިޒާމްކޮށް ހިންގުން.
  13. މުވައްޒަފުންނަށް ވަޒީފާގައި އުޅޭކަމުގެ ލިޔުން ދޫކުރުން.
  14. މެޖިސްޓްރޭޓުންނާއި މުވައްޒަފުންގެ ރެކޯޑްސްތައް ޤަވާޢިދުން އަޕްޑޭޓްކުރުން.
  15. މެޖިސްޓްރޭޓުންނާއި ޑިޕެންޑެންޓުންގެ އިންޝުއަރެންސްއާ ގުޅޭ މަސައްކަތް ކުރުން.
  16. ވަޒީފާތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް ކުރުން.
  17. އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  18. ޔަޢުމިއްޔާ ލިޔެ ކޯޓް އެޑްމިނިސްޓްރޭޓަރގެ ސޮއި ހޯދުން.
  19. ބައްދަލުވުންތަކުގެ ޔަޢުމިއްޔާ ލިޔެ ފައިލްކުރުން.
  20. ކޯޓަށް އަލަށް ހަމަޖެހޭ މުވައްޒަފުންނަށް އިންޑަކްޝަން ޕްލޭންއާ އެއްގޮތަށް އިންޑަކްޝަން ކުރިއަށް ގެންދިޔުމުގައި ކޯޓް އެޑްމިނިސްޓްރޭޓަރއަށް އެހީތެރިވުން.
  21. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ، ކޯޓް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ޓްރޭނިންގތައް ރޭވުމާއި އެކަމާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  22. މެނުއަލް އެޓެންޑެންސް އަޅަންޖެހޭ މުވައްޒަފުންގެ އެޓެންޑެންސް އެޅުމާއި، އިތުރުގަޑީގެ ކަންތައް ބަލަހައްޓައި ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  23. ސެކްޝަންގެ ލިޔުންތައް ބެލެހެއްޓުމާއި ފައިލްކުރުން.
  24. އެހެނިހެން ކޯޓުތަކުގެ އަޑު އެހުންތައް ތާވާލާއި އެއްގޮތަށް ޝެޑިއުލްކޮށް އަޑުއެހުންތައް ކުރިޔަށް ގެންދިޔުން.
  25. ޙަވާލުކުރާ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް މެޖިސްޓްރޭޓްގެ ލަފާގެ މަތިން އަޅަމުން ގެންދިއުން.
  26. ބަނޑޭރިޕޯޓަލްއަށް އަންނަ ޕޭމަންޓް ރިކުއެސްޓްތައް ދުވަހުން ދުވަހަށް ޗެކްކޮށް ރަނގަޅުނަމަ އެކްސެޕްޓްކޮށް، ފައިސާ ދެއްކުމުން ރަސީދު ހެދުމަށްފަހު ބަނޑޭރިޕޯޓަލް އަޕްޑޭޓްކުރުން. އަދި ރިސިޕްޓް ފޮނުވަންޖެހޭ ފަރާތްތަކަށް މެއިލް/ވައިބަރ މެދުވެރިކޮށް ރިސިޕްޓް ފޮނުވުން.
  27. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޑިޕޮޒިޓް ފައިސާގެ ރަސީދުތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމަށްފަހު އެޕްރޫވްކުރުމަށް ކޯޓް އެޑްމިނިސްޓްރޭޓަރ އަށް ފޮނުވުން.
  28. ތަކެއްޗާއި ޚިދުމަތުގެ ބިލެއް ލިބިއްޖެނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމަށްފަހު ހުރިހާ ޑޮކިއުމަންޓްތަކާއެކު ޕޭމަންޓް ވައުޗަރ އެޕްރޫވްކުރުމަށް ކޯޓް އެޑްމިނިސްޓްރޭޓަރ އަށް ފޮނުވުން.
  29. ކަނޑައެޅިފައިވާ މުއްދަތުގައި ބަޖެޓް ރިޕޯޓްއާއި ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް އަދި ތިޖޫރީ ރިޕޯޓްތައްޔާރުކުރުން.
  30. ސްޓޮކްބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  31. ޕްރޮކިއުމަންޓާއި ގުޅޭ އެންމެހާ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ކުރުން.
  32. ކޯޓަށް ހޯދަންޖެހޭ ހަރުމުދާ ހޯދުމާއި ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  33. ކޯޓުން ކުރަންޖެހޭ މަރާމާތުތަކަށް ހުއްދަ ހޯދަން ފޮނުވުމާއި، ހުއްދަ ލިބުމުން އިޢުލާންކުރަންޖެހޭ މަސައްކަތެއްނަމަ އިޢުލާންކުރުމާއި މަސައްކަތާއި ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓާއި ކުރެހުންތައް ތައްޔާރުކުރުމާއި  ޕްރޮޖެކްޓާއިގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  34. މުވައްޒަފަކު ޗުއްޓީއަށްދާ ޙާލަތުގައި އެ މުވައްޒަފަކު ކުރަމުންއަންނަ މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން.

މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލު ކުރައްވާ ރަސްމީ މަސައްކަތްތައް ކުރުމާއި ކޯޓުން ޒިންމާ ކުރެވޭ މަސައްކަތްތަކާއިގުޅޭ އެންމެހައި ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުޞޫލުން ފުރިހަމަކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ؛

2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

ހިއުމަން ރިސޯސް، މެނޭޖްމަންޓް، ބިޒްނަސް/ޕަބްލިކް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ/ފައިނޭންސް، ޝަރީޢާ / ގާނޫނު

ގުޅޭ ވަޒީފާގެ ދާއިރާތައް

ހިއުމަން ރިސޯސް، މެނޭޖްމަންޓް، ބިޒްނަސް/ޕަބްލިކް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ/ފައިނޭންސް، ޝަރީޢާ / ގާނޫނު،

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ މުވައްޒަފެއްގެ ނުވަތަ ފަނޑިޔާރެއްގެ ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

     2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

     2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

     2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

     2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

     2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މިފޯމު ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު ގެޒެޓުކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮގަސްޓް 9 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި، އިންޓަވިއު އޮންނާނީ، 11 އޮގަސްޓް 2026 ން 15 އޮގަސްޓް 2026 އާ ދެމެދު، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި ޝާއިޢުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820042 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

13 ޞަފަރު 1448

29 ޖުލައި 2026