ކުއްޔަށް ދިނުން
ނަންބަރު: (IUL)399-CA/399/2026/59
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 10 އޮގަސްޓް 2026 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުފިނޮޅު ރުއްތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ

ބޮޑުފިނޮޅު ރުއްތައް ފަސްއަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 05 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އިދާރާއަށް ހާޒިރުވެ ނުވަތަ [email protected] މެއިލް އަށް މެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން

29 ޖުލައި 2026 އިން 05 އޯގަސްޓް 2026 އަށް

14:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

10 އޯގަސްޓް 2026

13:00 ގައި

 

        އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

29 ޖުލައި 2026