ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2026/56
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 10 ޖުލައި 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ.ކ އިން ބޭއްވުމަށް ހަމަޖެހިފައިވާ ބަށިމުބާރާތާއި ގުޅޭ

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން ކުމުންދޫގައި ބަށި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ 11 ވަނައާއްމު ބައްދަލުވުން އިސްލާހެއް ގެނެވިފައިވާ ކަމުގައި ދަންނަވަމެވެ. އެގޮތުން، ހދ. ކުމުންދޫ އަންހެނުންގެ ތައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން 23 ޖުލައި 2026 ވަނަ ދުވަހު ގެޒެޓްގައި އާންމުކުރެވުނު ނަންބަރު: IUL)267/267/2026/51) އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ފޯމު ބާތިލް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. އަދި އިސްލާޙު ގެނެވިފައިވާ ފޯމު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ ރިސެޕްޝަނަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމު މި ކައުންސިލްގެ ރިސެޕްޝަނުން ވެސް ދޫކުރާނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

29 ޖުލައި 2026