ނީލަން
ނަންބަރު: IUL/1023/2026/17
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި:
03 އޮގަސްޓް 2026 00:00
މުލަކަތޮޅު ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބާވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަންކިޔުން
މިސުކޫލުން ބައުވެގެން ނަގާފައިވާ ބައެއްތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަން ކިޔުން 03 އޮގަސްޓް 2026 ވާ ހޯމަ ދުވަހު ހަވީރު 4:30ގައި ސުކޫލް ގޯތި ތެރޭގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި ސުކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.
ނީލަން ކިޔާތަކެތި ބައިބަޔަށް ބެހުމަށްފަހު، ކޮންމެ ބަޔަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ބައެއްގައި ހުންނާނެއެވެ.
- ނީލަމެއް ކުރިއަށްގެންދާނީ މަދުވެގެން ތިންބައިވެރިންގެ ހާޟިރުގައެވެ.
- ނީލަމުގައި ހުށަހަޅާއަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވަގުތުން އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެންފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
- ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރެވޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރިއަގު ނީލަން ނިމޭ ދުވަހު ދައްކަންވާނެއެވެ. ނީލަމުގައި ނަގާ ތަކެއްޗަށް ފައިސާ ދައްކާނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކޮށް، މުދަލުގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ނުދައްކައިފިނަމަ އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާން ކުރެވޭނެއެވެ.
- ނީލަން ކިޔުނު ތަކެތީގެ ފައިސާ ދެއްކެވުމަށްފަހު ނީލަން ކިޔާ ދުވަހުގެ ރޭގަނޑު 10:00ގެ ކުރިން ތަކެތި ގެންދަންވާނެއެވެ.
29 ޖުލައި 2026