ދިވެހިރާއްޖެ
އިޢުލާން
އުތީމުގަނޑުވަރުގައި ކުރުމަށް ހަމަޖެހިފައިވާ އާބާތުރަފިލުވުމުގެ މަސައްކަތްތައް ކުރުމަށް ގަނޑުވަރު ބަންދުކުރުން
ޤައުމީ ދުވަހަށް ތައްޔާރުވުމަށްޓަކައި އުތީމުގަނޑުވަރު އާބާތުރަފިލުވުމަށް ބަންދު ކުރުމާގުޅޭ ގޮތުން މި މަރުކަޒުގެ ނަންބަރު (IUL)222-HMC/222/2026/7 (19 ޖުލައި 2026) އިޢުލާނުގެ މުއްދަތު 2026 އޮގަސްޓު 04 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައެވެ. މި މަސައްކަތްތައް ކުރިއަށްގެންދާ ދުވަސްތަކުގައި އުތީމުގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރު ބަންދުވާނެއެވެ.
އިސްވެ ދެންނެވި ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އުތީމުގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ ހެނދުނު 8:15 ން މެންދުރު 13:30 އަށެވެ.
15 ޞަފަރު 1448 ހ.
29 ޖުލައި 2026 މ.