ދިވެހިރާއްޖެ
މިރަށު ބަނދަރުގެ ދެކުނުކޮޅުގައި ތަރައްޤީ ކުރެވިފައިވާ މަސްމާރުކޭޓްގައި ހިމެނޭ ''ޓޭކްއަވޭ ޝޮޕް'' ކުއްޔަށް ދިނުމަށް ނިންމާފައިވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިތަން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5އަހަރު ދުވަހަށެވެ.
މިތަނުގައި ކުރެވޭނެ ވިޔަފާރިތައް:
- ޓޭކްއަވޭ ޝޮޕެއް ގޮތުގައި ( އާންމުކޮށް ގާޑިޔާ ހިންގާ ގޮތައް )
- އެކި ބާވަތުގެ މަސް ވިއްކާ ފިހާރައެއްގެ ގޮތައް
- ފިނި ބުއިންތައް ވިއްކާ ތަނެއްގެ ގޮތުގައި
- މަސްބާނާ ސާމާނު (ބުޅި/ކަންވާރު......) ވިއްކާ ފިހާރައެއްގެ ގޮތުގައި
ބީލަމުގައި ބައިވެރިވުން:
މިކަމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު ޢުޞޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި (ނޮން ރިފަންޑަބަލް) -/200.00ރ (ދުއިސައްތަ ރުފިޔާ) މިކައުންސިލަށް ދައްކަންވާނެއެވެ. އަދި ސިޓީއާއި އެކު ސްލިޕް ހުށަހަޅަންވާނެއެވެ.
އެކައުންޓް ނަން: 1434 Revenue 1
އެކައުންޓް ނަންބަރ: 7725700429001
ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވާ ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 8:00އިން 13.30އަށް މިއިދާރާއަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީ ގެންނަންވާނެއެވެ. މެއިލް ކުރައްވާނަމަ[email protected] މިމެއިލްއަށް ފޮނުއްވާ ލިބުނުކަން ކަށަވަރު ކުރައްވަންވާނެއެވެ.
ބީލަން ފެށޭއަގާއި ބީލަން ކާމިޔާބުކުރުން:
ކުއްޔަށް ދޫކުރުމަށް ފެށޭއަގަކީ 500.00 (ފަސްސަތޭކަ ރުފިޔާ) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު 200.00 ( ދުއިސައްތަ ރުފިޔާ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ، (3ދުވަސް ގުނުމުގައި އަގުހުށަހަޅާ ދުވަސް ހިމެނޭނެ) އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގެ ލިބޭއަގުތައް އެދުވަހުގެ 13:30ގެ ފަހުން ކައުންސިލް އިދާރާގެ ނޯޓިސް ޢާއްމުކުރާ ބޯޑުގައި ޢާއްމުކުރެވޭނެއެވެ. ބީލަން ކާމިޔާބު ކުރުމަށްފަހު ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށުން މިތަން ކުއްޔަށް ހިފާފަރާތާއި ހަވާލުކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށް ހިފާ ފަރާތުން 2މަހުގެ ކުލި ދައްކަންޖެހޭނެއެވެ.
ކުއްޔަށް ދޫކުރޭ ތަނުގެ މަޢުލޫމާތުގެ އިތުރުން ކުއްޔަށް ހިފާފަރާތުގެ ޒިންމާތައް އެނގޭނެ ފަދަ މަޢުލޫމާތު ޝީޓެއް މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6780034އަށެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.