ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2016/15
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި:
11 ފެބުރުވަރީ 2016 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ
އިޢުލާން
އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު އިޞްލާޙުކުރުމުގެ ބިލު، އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތަރުޖަމާ ކުރުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ފަރާތްތަކާބެހޭ ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
- ތައުލީމީ ފެންވަރު
- ލިބިފައިވާ ތަޖުރިބާގެ ތަފުސީލު
- އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު
މާކްސް ދެވޭނެ %
- ހުށަހަޅާ އަގު - %30
- ތައުލީމީ ފެންވަރު - %20
- ލިބިފައިވާ ތަޖުރިބާ - %50
އިތުރު މަޢުލޫމާތު
- މި މަސައްކަތް ޙަވާލުކުރާ ފަރާތާއެކު އެގްރިމެންޓް ކުރެވޭ ތާރީޚުން ފެށިގެން 20 މަސައްކަތު ދުވަހުގެ ތެރޭގައި ތަރުޖަމާގެ ފައިނަލް ޑްރާފްޓް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ކުންފުންޏާބެހޭ ޤާނޫނޫ އިޞްލާޙުކުރުމުގެ ބިލުގައި ހިމެނޭނީ ޖުމުލަ 80 ސަފުހާއެވެ.
- މިކަމަށް އެދިލައްވާ ފަރާތްތަކުން 11 ފެބުރުވަރީ 2016 މި ތާރީޚުގެ 11:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3333188 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
28 ރަބީޢުލްއާޚިރު 1437
07 ފެބުރުވަރީ 2016