ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް02 ކޮމްޕިއިޓަރ ފުލް ސިސްޓަމް (ޑުއަލް މޮނިޓަރ) މިއިދާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން މަޢުލޫމާތު ޝީޓުގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭހެން އަންދާސީ ހިސާބު (ކޯޓޭޝަން) އަގު ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.
- އަގު % 70
- · ތަޖުރިބާ % 10
- މުއްދަތު % 10
- ވޮރަންޓީ މުއްދަތު % 10
މި އިޢުލާނާއި ގުޅިގެން ބިޑްރަޖިސްޓްރީ ކުރުމަށް 04 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/Lfw9stViRfPDdcfC8
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނޯންނާނެއެވެ. އެހެންކަމުން ރަޖިސްޓްރީ ވުމުގެ ސުންގަޑީ ހަމަވަމުގެ ކުރިން މިއިޢުލާނާއި ގުޅިގެން އިތުރަށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ވާނަމަ އެމަޢުލޫމާތުތައް މިއިދާރާ މެދުވެރިކޮށް ސާފުކުރެއްވުމަށް ދަންނަވަމެވެ.
ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،
ފޯން : 6820026، 7330026
އީމެއިލް : [email protected]
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.