ވަޒީފާގެ ފުރުޞަތު
ނަންބަރު: 677-A/2026/13
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 09 އޮގަސްޓް 2026 13:30
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

`

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް

         ގދ. ނަޑެއްލާ،                                                             

           ދިވެހިރާއްޖެ،

677-A/2026/13 :ނަންބަރު   

އިޢުލާނު

 

މަޤާމު:

ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ                                             

މަޤާމުގެ ރޭންކު

ޕަބްލިކް ސަރވިސް ރޭންކް 4

ޖޮބް ފެމިލީ: ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމަންޓަރީ ސަރވިސް

ޖޮބް މެޓްރިކްސް

ޖުޑީޝަލް ސަޕޯޓް އެސިސްޓެންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް

މުސާރަ

-/9860 ރުފިޔާ

އެހެނިހެން އެލަވަންސް

- މަޤާމުގެ އެލަވަންސް: -/2955 ރުފިޔާ

- ޙާޟިރީ ޢިނާޔަތް: (ޙާޟިރުވާ ކޮންމެ ދުވަހަކަށް) -/80 ރުފިޔާ

- ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.  ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކޯޓު ހުޅުވައި ލެއްޕުން.

2.  ކޯޓަށް ލިބޭ ހުރިހާ ލިޔުންތައް މެމްސްއަށް އެންޓްރީކުރުމާއި މައްސަލަތަކާއި އެއާއިގުޅޭ އިތުރު ލިޔުންތައް  ސީއެމް އެސްއަށް އެންޓްރީ ކުރުމާއި އަޕްލޯޑްކުރުން.

3.  ކައުންޓަރ ބެލެހެއްޓުމާއި ފޯނު ކޯލުތަކަށް ޖަވާބުދާރީވުން.

4.  ކޯޓަށް ލިބޭ ސިޓީ ނުވަތަ މެސެޖު ފަދަ ލިޔުންތަކުގެ ތެރެއިން އިދާރީގޮތުން ޖަވާބުދާރީ ވާންޖެހޭ އެންމެހައި ލިޔުންތަކަށް، ވެރިންގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚުގެކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5.  ކޯޓުގެ މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ކޯޓް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން އެންގުން.

6.  މުވައްޒަފުންގެ ޕީ.އޭ ފޯމްތަށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ތައްޔާރުކޮށް ސެކްޝަންތަކުގެ ވެރިންނާއި ޙަވާލުކުރުން.

7.  ކޯޓު މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ އިޤްރާރާއި، އަދި މި ނޫންވެސް ވަޒީފާއާގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް އެ މުވައްޒަފުންނާ ޙަވާލުކުރުން.

8.  މުވައްޒަފުން ބޭރަށްދާއިރު ލިޔާފޮތް ތައްޔާރުކޮށް ސޮއިކުރުވާ ބެލެހެއްޓުން.

9.  މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، ޗުއްޓީ ކަންތައް ހަމަޖެއްސުން.

10. މުވައްޒަފުންގެ ރެކޯޑް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

11. ކޯޓުގެ އިދާރީ ކަންތައްތައް، ކޯޓުގެ އެހެން މުވައްޒަފުންނާއި ގުޅިގެން ފަރުވާތެރިކަމާއިއެކު ކުރުން.

12. މުވައްޒަފުންނަށް ރެކްރިއޭޝަން ހަރަކާތްތައް ކޯޓް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ރާވައި، އިންތިޒާމްކޮށް ހިންގުން.

13. މުވައްޒަފުންނަށް ވަޒީފާގައި އުޅޭކަމުގެ ލިޔުން ދޫކުރުން.

14. މެޖިސްޓްރޭޓުންނާއި މުވައްޒަފުންގެ ރެކޯޑްސްތައް ޤަވާޢިދުން އަޕްޑޭޓްކުރުން.

15. މެޖިސްޓްރޭޓުންނާއި ޑިޕެންޑެންޓުންގެ އިންޝުއަރެންސްއާ ގުޅޭ މަސައްކަތް ކުރުން.

16. ވަޒީފާތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް ކުރުން.

17. އަހަރު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

18. ޔަޢުމިއްޔާ ލިޔެ ކޯޓް އެޑްމިނިސްޓްރޭޓަރގެ ސޮއި ހޯދުން.

19. ބައްދަލުވުންތަކުގެ ޔަޢުމިއްޔާ ލިޔެ ފައިލްކުރުން.

20. ކޯޓަށް އަލަށް ހަމަޖެހޭ މުވައްޒަފުންނަށް އިންޑަކްޝަން ޕްލޭންއާ އެއްގޮތަށް އިންޑަކްޝަން ކުރިއަށް ގެންދިޔުމުގައި ކޯޓް އެޑްމިނިސްޓްރޭޓަރއަށް އެހީތެރިވުން.

21. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ، ކޯޓް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ޓްރޭނިންގތައް ރޭވުމާއި އެކަމާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

22. މެނުއަލް އެޓެންޑެންސް އަޅަންޖެހޭ މުވައްޒަފުންގެ އެޓެންޑެންސް އެޅުމާއި، އިތުރުގަޑީގެ ކަންތައް ބަލަހައްޓައި ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.

23. ސެކްޝަންގެ ލިޔުންތައް ބެލެހެއްޓުމާއި ފައިލްކުރުން.

24. އެހެނިހެން ކޯޓުތަކުގެ އަޑު އެހުންތައް ތާވާލާއި އެއްގޮތަށް ޝެޑިއުލްކޮށް އަޑުއެހުންތައް ކުރިޔަށް ގެންދިޔުން.

25. ޙަވާލުކުރާ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް މެޖިސްޓްރޭޓްގެ ލަފާގެ މަތިން އަޅަމުން ގެންދިއުން.

26. ކޯޓަށް ހުށަހެޅޭ ޤަޟިއްޔާތަކާގުޅިގެން މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން މައްސަލަތައް ޝެޑިއުލް ކުރުމާއި، ކޯޓަށް ޙާޟިރު ކުރުވަންޖެހޭ އަދި އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުންތަކުގައި ބައިވެރިވާންޖެހޭ ފަރާތްތަކަށް ކޯޓު އަމުރު ތައްޔާރު ކުރުމާއި، އަމުރުތައް ރައްދުކުރެވުނުކަން ކަށަވަރު ކުރުމާއި، އެ ފަރާތްތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ޝަރީޢަތުގެ މަޖިލީހުގެ އިންތިޒާމުތައް ބެލެހެއްޓުމާއި، ލިޔަންޖެހޭ ބަޔާންތަކާއި އޯޑިއޯ ރެކޯޑިންގގެ ޓްރާންސްކްރިޕްޓްތައް ޓައިޕްކޮށް، ކޮންމެ މައްސަލައެއްގެ ފައިލް އެޕްލިކޭޝަނުން އަދި ފިޒިކަލްކޮށް ޤަވާޢިދުން ބެލެހެއްޓުން.

27. ބަނޑޭރިޕޯޓަލްއަށް އަންނަ ޕޭމަންޓް ރިކުއެސްޓްތައް ދުވަހުން ދުވަހަށް ޗެކްކޮށް ރަނގަޅުނަމަ އެކްސެޕްޓްކޮށް، ފައިސާ ދެއްކުމުން ރަސީދު ހެދުމަށްފަހު ބަނޑޭރިޕޯޓަލް އަޕްޑޭޓްކުރުން. އަދި ރިސިޕްޓް ފޮނުވަންޖެހޭ ފަރާތްތަކަށް މެއިލް/ވައިބަރ މެދުވެރިކޮށް ރިސިޕްޓް ފޮނުވުން.

28. ކޮންމެ ހަފްތާއަކު އަންގާރަ ބުރާސްފަތި ދެދުވަހު ރަސްމީގަޑި ނިމުމުގެ ކުރިން، ހެދިފައިވާ ޑިޕޮޒިޓް ފައިސާގެ ރަސީދުތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމަށްފަހު ފައިނޭންސް މޮޑިއުލްއަށް އެޓޭޗްކުރުމަށް ކޯޓް އެޑްމިނިސްޓްރޭޓަރ އަށް ފޮނުވުން.

29. ކޮންމެ ދުވަހެއްގެވެސް އިތުރުގަޑިއަށް އެދުވަހެއްގައި ނުވަތަ ޖެހިގެން އަންނަ ދުވަހުގެ 10:00 ގެ ކުރިން ކުރީ ދުވަހުގެ އިތުރުގަޑި ރިކުއެސްޓް ކުރުން.

30. ކޮންމެ މަހެއްގައިވެސް 16 ވަނަ ދުވަހު މުސާރަ ތައްޔާރުކުރުމަށްޓަކައި ބޭނުންވާ ޝީޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

31. ތަކެއްޗާއި ޚިދުމަތުގެ ބިލެއް ލިބިއްޖެނަމަ 05 ދުވަހުގެ ތެރޭގައި ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމަށްފަހު ހުރިހާ ޑޮކިއުމަންޓްތަކާއެކު ފައިނޭންސް މޮޑިއުލްއަށް އެޓޭޗްކުރުމަށް ކޯޓް އެޑްމިނިސްޓްރޭޓަރ އަށް ފޮނުވުން.

32. ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން ފާއިތުވިމަހުގެ ބަޖެޓް ރިޕޯޓްއާއި ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް އަދި ތިޖޫރީ ރިޕޯޓްތައްޔާރުކުރުން.

33. ސްޓޮކްބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

34. ޕްރޮކިއުމަންޓާއި ގުޅޭ އެންމެހާ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ކުރުން.

35. ކޯޓަށް ހޯދަންޖެހޭ ހަރުމުދާ ހޯދުމާއި ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

36. ކޯޓުން ކުރަންޖެހޭ މަރާމާތުތަކަށް ހުއްދަ ހޯދަން ފޮނުވުމާއި، ހުއްދަ ލިބުމުން އިޢުލާންކުރަންޖެހޭ މަސައްކަތެއްނަމަ އިޢުލާންކުރުމާއި މަސައްކަތާއި ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓާއި ކުރެހުންތައް ތައްޔާރުކުރުމާއި  ޕްރޮޖެކްޓާއިގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

37. މުވައްޒަފަކު ޗުއްޓީއަށްދާ ޙާލަތުގައި އެ މުވައްޒަފަކު ކުރަމުންއަންނަ މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން

      މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލު ކުރައްވާ ރަސްމީ މަސައްކަތްތައް ކުރުމާއި ކޯޓުން ޒިންމާ ކުރެވޭ މަސައްކަތްތަކާއިގުޅޭ އެންމެހައި ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުޞޫލުން ފުރިހަމަކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. "މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ
  2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، "ސެކަންޑަރީ ސުކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ތަޢުލީމީ ރޮނގު

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ޕްލޭނިންގ، ޤާނޫނީ ދާއިރާ، ރިސަރޗް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ހިއުމަން ރިސޯސް.

ގުޅޭ ވަޒީފާގެ ދާއިރާތައް

ޤާނޫނީ ދާއިރާ / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް ޢައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛

2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

2.5. އަނބިމީހާ ނުވަތަ ފިރިމިހާ؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

(މި ފޯމު މިކޯޓުގެ ވެބްސައިޓުން  ( https://gdh-nadallaa.courts.gov.mvނާއި ކޯޓުގެ ކައުންޓަރުން އަދި މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.) 

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މާރކްސް

 

30

އަސާސީ ޝަރުޠުހަމަވުމުން ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

25

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

35

އިންޓަރވިއު

100

ޖުމްލަ

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮގަސްޓް 2026 ގެ 13:30 ގެ ކުރިން، ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް                       [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރު ކުރުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 11 އޮގަސްޓް 2026 އާއި 20 އޮގަސްޓް 2026 އާ ދެމެދު، ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" ޢާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މިކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6840159 އަށެވެ.

އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.

  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟު ނުކުރާނަމައެވެ.

 

28 ޖުލައި 2026