ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1139-HR/1139/2026/118
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 06 އޮގަސްޓް 2026 12:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"ނަގޯޔާ ޕްރޮޓޮކޯލް"ގެ ފުރަތަމަ ރިޕޯޓިންގ އަދި "ކާޓަހޭނާ ޕްރޮޓޮކޯލް އޮން ބަޔޯސޭފްޓީ"ގެ ފަސްވަނަ ރިޕޯޓިންގ އަށް ބަޔޯޑައިވަރސިޓީ ކޯޑިނޭޓަރ ފޮރ ނޭޝަނަލް ރިޕޯޓިންގ އެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖެ، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން 2006 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ "ކާޓަހޭނާ ޕްރޮޓޮކޯލް އޮން ބަޔޯސޭފްޓީ" އަދި 2019 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ "ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއާ އެންޑް އިކުއުޓަބަލް ޝެއަރިންގ އޮފް ބެނެފިޓްސް އެރައިޒިންގ ފްރޮމް ދެއާ ޔުޓިލައިޒޭޝަން" ގެ ދަށުން ތައްޔާރުކުރަންޖެހޭ ނޭޝަނަލް ރިޕޯޓުތައް ތައްޔާރުކުރުމަށް "ބައޯޑައިވަރސިޓީ ކޯޑިނޭޓަރ ފޮރ ނޭޝަނަލް ރިޕޯޓިންގ" ގެ މަގާމަށް ފަރާތެއް ހޯދަން މިމިނިސްޓްރީން ބޭނުންވެއެވެ.  މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ ކްލައިމެޓް ޗޭންޖެ، އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެންވަޔަރަންމަންޓް މެނޭޖްމަންޓް އެންޑް ކޮންޒަރވޭޝަން ޑިޕާޓްމަންޓް ގައެވެ.

 

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ، އަދި ޕްރޮޖެކްޓް މުވައްޒަފެއްނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ 'ނޯ އޮބްޖެކްޝަން' ސިޓީ 06 އޮގަސްޓް 2026 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކޮށްފައިވާ އެޕްލިކޭޝަންތަކެވެ.

 

އެޕްލިކޭޝަން ޓައިޓަލް: "ނަގޯޔާ ޕްރޮޓޮކޯލް"ގެ ފުރަތަމަ ރިޕޯޓިންގ އަދި "ކާޓަހޭނާ ޕްރޮޓޮކޯލް އޮން ބަޔޯސޭފްޓީ"ގެ ފަސްވަނަ ރިޕޯޓިންގ އަށް ބަޔޯޑައިވަރސިޓީ ކޯޑިނޭޓަރ ފޮރ ނޭޝަނަލް ރިޕޯޓިންގ އެއް ހޯދުމާއި ގުޅޭ

 

ހިއުމަން ރިސޯސް ޑިވިޜަން، 

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ 

ފާށަނާ މާލަން، ދަރުބާރުގެ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ.  

ފޯން: 3018300 

ވެބްސައިޓް: www.environment.gov.mv 

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. 

29 ޖުލައި 2026