ދިވެހިރާއްޖެ
"ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" (24 ޖެނުއަރީ 2024) ގެ ދަށުން، ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާ ހެދި ގޯތި ނުލިބުނު ބައެއް ފަރާތްތަކުގެ ފޯމް އަލުން ބަލައިގަނެ، ޕްރޮސެސްކޮށް، އެކަމުގެ މައްޗަށް ތަރުތީބުވާ އެންމެހައި ކަންކަން، ދެންނެވިފައިވާ އުޞޫލާ ފުށުނާރާނޭހެން ކުރުމަށް، ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން މި ކައުންސިލުގެ މައްޗަށް ޙުކުމް ކޮށްފައިވާތީ، އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން، ފޯމު އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި "ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުމާ ބެހޭ އުޞޫލު" ގެ 10 ވަނަ މާއްދާގެ ދަށުން ވިލަރެސް ކޮމިޓީއެއް އެކުލަވައިލާ، އެ އުޞޫލުގައިވާ އިޖްރާޢަތްތަކާ އެއްގޮތަށް ޢަމަލުކުރުމަށް މިކައުންސިލުގެ 5 ވަނަ ދައުރުގެ 9 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ. މިގޮތުން އެކުލަވާލަންޖެހޭ ވިލަރެސް ކޮމިޓީގައި ޢާއްމުރައްޔިތުންގެ ފަރާތުން ތަމްސީލުކުރައްވާ 2 މެމްބަރުންގެ ގޮތުގައި ކޮމިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި މި އިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ކޮމެޓީގައި ބައިވެރިވެލެއްވުމަށް ކަނޑައެޅިފައިވާ ޢަދަދަށްވުރެ އިތުރަށް ކުރިމަތި ލައްވައިފިނަމަ، ކޮމެޓީއަށް އައްޔަންކުރާ މެމްބަރުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.