ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)256-CA/256/2026/36
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 21:58
ސުންގަޑި: 06 އޮގަސްޓް 2026 13:00
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯރޓްސް އެރީނާ ސާފުކުރުމަށް މުވައްޒަފުން ހޯދުމަށް

މަޤާމު:

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި

ވޭޖް އެމްޕްލޯއިމަންޓް  

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ / މުނިސިޕަލް ސަރވިސް ސެކްޝަން

މަޤާމުގެ މުއްދަތު:

01 އަހަރު

މުސާރަ:

3100 ރުފިޔާ

ސަރވިސް އެލަވަންސް:

2865 ރުފިޔާ

ހާޟިރީ އެލަވަންސް

60 ރުފިޔާ

އެހެނިހެން އެލަވަންސް:

-          ރަމަޟާން މަހުގެ ޚާއްސަ އިނާޔަތުގެ ފައިސާ

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަސައްކަތު ވަގުތު:

ހުކުރު އަދި ހޮނިހިރު ފިޔަވާ ދުވާލަކު 6 ގަޑިއިރު

މަސައްކަތުގެ ޝަރުތު

  • ލިޔަން ކިޔަން އެނގުން
  • މަސައްކަތް ކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބޮނބިފަންނު ބީޗް ސަރަޙައްދު ކުނި ކަހާ ސާފްކޮށް ބެލެހެއްޓުމާއި، އެސަރަޙައްދުގައި ހުންނަ ގަސްތައް ކޮށާ ބެލެހެއްޓުން
  2. ވޮލީކޯޓާއި، ބަށިކޯޓާއި ފުޓްސަލް ދަނޑު، އަދި ސްޕޯޓްސް އެރީނާގެ ވަށައިގެންވާ މަގުތައް ސާފްކޮށް ބެލެހެއްޓުން.
  3. ބޮޑު ފުޓްބޯޅަ ދަނޑުގެ ޕިޗް ފިޔަވައި ދެން ހުރި ސަރަޙައްދުތަކާއި ދަނޑުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ސާފްކޮށް ބެލެހެއްޓުން
  4. ބޮޑު ފުޓްބޯޅަ ދަނޑުގެ ޕިޗް ސާފުކުރުން
  1. އައުޓް ޑޯ ޖިމް އަދި ޖިމްގެ ވަށއިގެން މަގުތައް ސާފުކޮށް ބެލެހެއްޓުން
  2. އިދާރާއިން އިންތިޒާމްކުރާ ކަންކަމުގައި ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން
  1. ސެންޓަރ ސްކެއަރ އަދި ސެންޓަރ ސްކެއަރގެ ބަނދަރު ފަޅި ފިޔަވާ މަގުތައް ސާފުކޮށް ބެލެހެއްޓުން
  2. އިސްވެދެންނެވި ސަރަޙައްދުތަކުން ނަގާ ކުނިތައް ގޯނިފަދަ ތަކެއްޗަށް އަޅާފައި މިއިދާރާއިން ކަނޑައަޅާތަނެއްގައި ބެހެއްޓުން.  
  1. ޙަވާލުކުރެވޭ މަސައްކަތާއި މަސްޢޫލިއްޔަތާއި ގުޅިގެން ކައުންސިލް އިދާރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަށް

- އަސާސީ ޝަރުޠު ހަމަވުމުން                (%50)

- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު    (%5)

- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ    (%5)

- އިންޓަރވިއު                         (%40)  

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮގަސްޓް  2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 އޮގަސްޓް 2026 އާ 22 އޮގަސްޓް 2026 އާއި ދެމެދު، ހއ.މުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6500032 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

28 ޖުލައި 2026