ވަޒީފާގެ ފުރުޞަތު
ނަންބަރު: 480/IUL/2026/11
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 06 އޮގަސްޓް 2026 12:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

ޑިރެކްޓަރ ޕްރޮގްރާމްސް

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

  • ކޮލިފިކޭޝަންސް އެސެސްމަންޓް އެންޑް ޓްރެއިނިންގ
  • ޕަބްލިކް އިންޓްރަސްޓް، ޕޮލިސީ އެންޑް ރެޕްރެޒެންޓޭޝަން

އުޖޫރަ:

 32,507.32 ރުފިޔާ

ތަފުސީލު:

އަސާސީ މުސާރަ: 15,420.00 ރުފިޔާ

ލިވިންގ އެލަވަންސް: 5,000.00 ރުފިޔާ

ސަރވިސް އެލަވަންސް: 4,000.00 ރުފިޔާ

ސަޕޯޓިންގ-ކޯ އެލަވަންސް: 7,587.32 ރުފިޔާ

ފޯން އެލަވަންސް: 500.00 ރުފިޔާ

މަޤާމުގެ ހައިސިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން؛
  2. ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން ނުވަތަ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސޯޝަލް ޕޮލިސީ ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން؛
  3. މެނޭޖްމަންޓް، ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ އަދި

މި މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މި މެންޑޭޓު ތަންފީޒުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި އެނުއަލް ވަރކްޕްލޭން އެކުލަވާލައި ތަންފީޒުކުރުން؛
  2. ބާ ކައުންސިލުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތައް ފަރުމާކޮށް ތަންފީޒުކުރުން؛
  3. ބާ ކައުންސިލުން ހިންގާ ޕްރޮގްރާމުތަކާއި ޕްރޮޖެކްޓުތަކަކީ ޕާޓްނަރ އޯގަނައިޒޭޝަންގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެމަތީން ތަންފީޒުކުރެވޭ ޕްރޮގްރާމްތަކެއްކަން ނުވަތަ ޕްރޮޖެކްޓުތަކެއްކަން ކަށަވަރުކުރުން؛
  4. ބާ ކައުންސިލުގެ ޕްރޮޖެކްޓުތަކާއި ޕްރޮގްރާމުތައް ކުރިއަށްދަނީ ކުރެވިފައިވާ ޕްލޭނާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި ޕްރޮޖެކްޓު/ޕްރޮގްރާމުގެ ޕަރފޯމަންސް އެނަލައިޒްކުރަމުން ގެންދިޔުން؛
  5. ބާ ކައުންސިލުން ހިންގާ ޕްރޮޖެކްޓުތަކުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ޕްރޮޖެކްޓުތަކުގެ ސްޓޭޓަސްއާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާ މުޢާމަލާތުކުރުން؛
  6. ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭތޯ ބަލައި އެކަމަށް ޖަވާބުދާރީވުން؛
  7. ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓުތަކުގެ އެންމެހައި މާލީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލައި ބެލެހެއްޓުން (ބާ ކައުންސިލުން މާލީގޮތުން އަދާކުރަންޖެހޭ ޒިންމާތައް ކަނޑައެޅިފައިވާ ވަގުތަށް އަދާކުރުމާއި، ދައުލަތުގެ އިދާރާތަކާއި ބާ ކައުންސިލުގެ ޕާޓްނަރުންނަށް މާލީ ހިސާބުތައް ހުށަހެޅުމާއި، މާލީ ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ރިޕޯޓުތައް ކުރުމުގެ ޒިންމާ އުފުލުން)؛
  8. ބާ ކައުންސިލުން ހިންގާ ޕްރޮޖެޓުތަކާއި އެހެނިހެން މުހިންމު މަސައްކަތްތަކުގައި އިދާރީގޮތުން އެހީތެރިކަންދިނުން؛
  9. މަތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި
  10. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
  2. މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  5. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މަޢުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
  6. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ނުވަތަ ސެކްރެޓޭރިއަޓުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަންބެއް ނުވަތަ ފިރިއަކު ނެތްކަން އަންގައިދޭ އިޤުރާރު، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ނުވަތަ ސެކްރެޓޭރިއަޓުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން؛
  7. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛
  8. ދޫކުރިފަހުން 4 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް؛ އަދި
  9. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑް.
  10. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ ކުށުގެ ރިކޯޑް.
  11. އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދޫކޮށްފައިވާ ކުށުގެ ރިކޯޑް.
  12. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދޫކޮށްފައިވާ ކުށުގެ ރިކޯޑް.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 އިތުރު މަޢުލޫމާތު

  • މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
  • މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. 
  • މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.
  • ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

ސުންގަޑި:

6 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން

މަޤާމަށް އެދެންވީ ގޮތް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.

[email protected]

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

 

23 ޖުލައި 2026