ދިވެހިރާއްޖެ
އިޢުލާނު
|
މަޤާމު: |
ސްކޫލް ސަޕޯޓް އެސިސްޓެންޓް ގްރޭޑް 1 |
||||||
|
މަޤާމުގެ ނަމްބަރު: |
J-426790 |
||||||
|
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
||||||
|
މަޤާމުގެ ގިންތި: |
ވޭޖް އިމްޕްލޯއިމެންޓް އުސޫލުން |
||||||
|
މުއްދަތު: |
ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން މެޓަރނިޓީ ލީވް ނެގި މުވައްޒަފު ޗުއްޓީ ނިންމާ ސްކޫލަށް ހާޒިރުވާ ދުވަހުގެ ނިޔަލަށް |
||||||
|
މަޤާމުގެ ރޭންކް: |
ޕަބްލިކް ސަރވިސް ރޭންކް 1 - ސްޓެޕް 1 |
||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އިހަވަންދޫ ސްކޫލް/ ހއ. އިހަވަންދޫ |
||||||
|
މުސާރައާއި އެލެވެންސްތައް |
ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ސްކޫލްގެ އިމާރާތްތަކުގެ ކުނިކެހުމާއި އެތަންތަނުގެ ދޮރުތަކާއި ބިއްލޫރިތައް ސާފުކޮށް ފޮހުމާއި ފަންކާތައް ފޮޅާ ސާފުކުރުމާއި އަދި މޮޕްލާން ޖެހޭ ތަންތަނުގައި މޮޕްލުން އަދި އެތަންތަނުގައި ބެހެއްޓިފައިވާ ޑަސްބިންތައް ހުސްކޮށް ސާފުކުރުން.
- ސްކޫލް އިމާރާތުގެ އެންމެހާ ފާޚާނާތައް ސާފުކުރުމާއި ފާޚާނާގައި ހުންނަ ލޯގަނޑުތައް ފޮހެ، ޓޮއިލެޓް ޓިޝޫ އަދި ހޭންޑް ވޮޝް ފުޅި ބަހައްޓައި، ޑަސްބިން އުކާލުމާއި ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުން.
- ސްކޫލް ހުޅުވުމުގެ ކުރިން، ސްކޫލްގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު އަދި ސިޑިތައް ކުނިކަހައި، ކުނިތައް ނަގައި ސާފުކުރުން.
- ކްލާސްރޫމްތަކުގެ ޑެސްކާއި ގޮނޑިތައް ފޮޅައި ސާފުކުރުމާއި މޮޕްލާން ޖެހޭ ކްލާސްތަކުގައި މޮޕްލައި ސާފުކުރުން؛ އަދި ދަރިވަރުންނަށް ރައްކާތެރި، ސާފުތާހިރު މާހައުލެއްގެ ގޮތުގައި ކްލާސްރޫމްތައް ބެހެއްޓުން.
- ސްކޫލް ވަށައިގެންވާ މަގުތަކާއި ގޯތިތެރެގެ ވިނަނޮޅާ، ސާފުކުރުމާއި ސްކޫލް ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލައި، މަދިރި އުފެދޭނެ ފުރުސަތު ނައްތާލުމަށް މަސައްކަތްކުރުން.
- ސްކޫލުގައި ބާއްވާ އެސެންބްލީތަކާއި އެކިއެކި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި އިމްތިޙާނުތަކަށް ބޭނުންވާ ގޮނޑިއާއި ޑެސްކު ފަދަ ތަކެތި އަތުރައި ތަން ތައްޔާރުކުރުމާއި އެ ހަރަކާތްތައް ނިމުމުން އެ ތަކެތި ނަގައި ތަރުތީބުކޮށް ބެހެއްޓުން.
- ސްކޫލް ގޯތިތެރެއާއި އިމާރާތްތަކުގެ ތެރޭގައި ހުންނަން ނުޖެހޭ ތަކެތި ނަގައި ރައްކާކުރުމާއި ކުނިބުނީގެ ގޮތުގައި އުކާލަންޖެހޭ ތަކެތި އުކާލުން.
- ސްކޫލުގެ ގޯތިތެރޭގައި ބަގީޗާ ހައްދައި ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ގަސްތަކަށް ފެންދީ، ގަސްކޮށައި އަދި ގޯތިތެރެއަށް ފެންޖެހުން.
- މުވައްޒަފުން މަސައްކަތްކުރާ ސްޓޭޝަންތަކާއި ޑެސްކާއި ގޮނޑި އަދި އޮފީސް ސާމާނުތައް (ޕްރިންޓަރު، ކަބަޑު) ފަދަ ތަކެތި، ލިޔެކިޔުންތަކަށް ގެއްލުންނުވާނޭހެން ފޮޅައި ސާފުކޮށް ބެލެހެއްޓުން.
- ކަނޑައެޅިފައިވާ ތާވަލާއި ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ފާޚާނާތައް ބަލަހައްޓައި، ފާޚާނާއަށް އަންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ސްކޫލުގެ ކްލާސްރޫމްތަކާއި އެންމެހާ އިމާރަތްތަކުގެ ދޮރުފޮތިތަކާއި އެކިއެކި ހަރަކާތްތަކުގައި ބޭނުންކުރާ މޭޒުމަތީ ފޮތިތައް ދޮވެ، ހިއްކައި ރައްކާތެރިކާމާ އެކު ބެހެއްޓުން.
- ތަމްރީނު ޕްރޮގްރާމްތަކާއި ޖަލްސާތަކާއި ސެމިނާ ފަދަ ހަރަކާތްތަކަށް ސައި ނުވަތަ ކޮފީ ތައްޔާރުކުރުމާއި ހަރަކާތްތައް ނިމުމުން ތަށިތައް ނަގައި، ދޮވެ ސާފުކުރުން.
- އޮފީހުގެ ބޭނުންތަކަށް ގެންދަންޖެހޭ ލިޔެކިޔުންތައް ރައްދުކުރުމާއި، ސްކޫލަށް ގެންނަ މުދާ ފަދަ ތަކެތި ބޯޓުދޮށުން ސްކޫލަށް އުފުލުމުގެ މަސައްކަތް ކުރުން.
- އޮފީސް މަރާމާތުކުރުމުގެ މަސައްކަތްތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
- ސްކޫލުގެ އެކިއެކި ރަސްމިއްޔާތުތަކާއި ހަރަކާތްތަކުގައި، ސްކޫލުގެ އިސްވެރިންނާއި އެކަންކަމުގައި އިސްވެ ތިއްބަވާ މުވައްޒަފުން އަންގާ ގޮތެއްގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
ލިޔަން ކިޔަން އެނގުން ނުވަތަ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް: |
ނެތް |
|
ޕްރިފަރޑް ޑިސިޕްލިން: |
ނެތް |
|
މަޤާމުގެ ކޯ ޑިސިޕްލިން: |
ނެތް |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
ފޮޅާ ސާފުކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓްގެ އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމް".
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
އަސާސީ ޝަރުޠު ހަމަވުން |
50 |
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު |
5 |
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ |
5 |
|
އިންޓަރވިއު |
40 |
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮގަސްޓް 04ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، އިހަވަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓް ކުރުން
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި،މުއްދަތު:
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 އޮގަސްޓް 2026 އިން 22 އޮގަސްޓް 2026އާ ދެމެދު، އިހަވަންދޫ ސްކޫލް ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)"އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް (" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6501210 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|