ދިވެހިރާއްޖެ
ހއ. މޮޅަދޫ ފަތުރުވެރިކަމަށް ހުޅުވާލުމަށް ބޭނުންވާ ޑީޓެއިލް ރިޕޯރޓްތަކާއި ޓުއަރިޒަމް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއްހޯދުން
ހއ. މޮޅަދޫގެ ޓޫރިޒަމް ދާއިރާ ދިގުމުއްދަތަކަށް ތަރައްޤީ ކުރުމަށާއި، ރަށުގެޠަބީޢީ ރީތިކަމާއި، ރަށުގެ ޤަދީމީއާޘާރު ތަކާއި، ތިމާވެށި ޙިމާޔަތްކޮށް، ޓުއަރިޒަމްގެނަފާ، ރަށުގެ ވީހާވެސްގިނަ ފަރާތްތަކަކަށް ބެހިގެން ދާނެފަދަ، ދެމެހެއްޓެނިވި ޓުއަރިޒަމް ވިޝަނެއް ކަނޑައެޅުމަށްޓަކައި ދިރާސާކޮށް، " ހއ. މޮޅަދޫގެ ފަތުރުވެރި ކަމުގެ މާސްޓަރ ޕްލޭނާއި، އޭގެ ތަފްޞީލީ ރިޕޯރޓްތައް" ތައްޔާރުކުރަން ބޭނުންވެއެވެ.
މަސައްކަތުގެ މައިގަނޑު ބޭނުން:
- މޮޅަދޫގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދިގުމުއްދަތުގެ ޕްލޭނެއް އެކުލަވާލުން.
- ރަށުގެ ޠަބީޢީ ރީތިކަމާއި، ތިމާވެށި، އާޘާރީ އަދި ތަންތަން ޙިމާޔަތްކޮށް، އެތަންތަނުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތްތައް ކަނޑައެޅުން.
- ފަތުރުވެރިކަމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށާއި އިޖުތިމާޢީ ދާއިރާއަށް ކުރާނެ ފައިދާތައް ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތް ކުރިއަށް ގެންދާނެ މަގުޗާޓެއް ތައްޔާރުކުރުން.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ތާވަލުގައިވާ ސުންގަޑީގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ވެލައްވައި، ކަނޑައަޅާފައިވާ ގަޑިއަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ރަޖިސްޓްރީ ކުރުން |
06 އޮގަސްޓް 2026 |
ބުރާސްފަތި |
13:00 |
|
އަންދާސީ ހިސާބު ހުށައެޅުން |
12 އޮގަސްޓް 2026 |
ބުދަ |
13:00 |
- ބީލަމުގައި ރަޖިސްޓްރީ ވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ލިންކް https://forms.cloud.microsoft/r/VmzVZDReQX?origin=lprLink
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު، މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރެއްވުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ.
- ބީލަން ތައްޔާރު ކުރައްވާނީ، މި ބީލަމުގައި ރަޖިސްޓްރ ވެލެއްވުމުން މި ކައުންސިލުން ދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2026 އޮގަސްޓް 09 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެނަން ލިޔުއްވަން ވާނެއެވެ.
- ބީލަމުގައި ބައިވެރިވެ ލެއްވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑީގެފަހުން ހުށައަޅުއްވާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ކަރުދާސްތަކާއި ބީލަންފޮތް، އީމެއިލްގެ ޒަރީއާއިން ފޯރުކޮށް ދެވޭނެއެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6500031 އަށް، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.