ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-ADHR/320/2026/56
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 05 އޮގަސްޓް 2026 13:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އޭދަފުށި ކައުންސިލްގެ ޤުރުއާން މުބާރާތް 1448" މުބާރާތް ލައިވް، ފޮޓޯ ނެގުން އަދި ސޯޝަލް މީޑިޔާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމައި ގުޅޭ

"އޭދަފުށި ކައުންސިލް ޤުރުއާން މުބާރާތް 1448" މުބާރާތް ލައިވް، ސޯޝަލް މީޑިއާ އަދި ފޮޓޯ ނަގައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ގެނައުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 27 އޮގަސްޓް 2026 އިން 29 އޮގަސްޓް 2026 އަށެވެ.

ކޯޓޭޝަން ހުށަހެޅުން:

މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޓިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީޤް 7992334 ފޯން ނަންބަރ އަށް ގުޅުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި ސުންގަޑި ހަމައްވުމަށްފަހު ހުށަހަޅާ ކޯޓޭޝަން ބަލައެއްނުގަނެވޭނެއެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ޖުލައި 2026