ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)223/1/2026/30
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 05 އޮގަސްޓް 2026 13:00
ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ  

މަޤާމް ނަންބަރު:

TAT-141

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން  

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ:  -/8,000 ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/3,200 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް:  -/3,500 ރުފިޔާ

- ސާރވިސް އެލަވެންސް: -/170 (ދުވަހަކަށް)

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މުވައްޒަފުން ޓްރައިބިއުނަލަށް ވެއްދުމާއި އަދި ވަކިކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  2. ޕާރސަނަލް ފައިލްތައް ގަވާއިދުން އަޕްޑޭޓްކުރުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  3. މުވައްޒަފުންގެ އެޓެންޑެންސާއި ޗުއްޓީ ތަކުގެ ރެކޯޑްތައް ބެލެހެއްޓުން.
  4. މުވައްޒަފުންގެ އެނުއަލް ލީވް ޕްލޭން ތައްޔާރުކުރުމާއި ލީވް ޕްލޭނަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާ ސިސްޓަމުގެ ރެކޯޑުތައް އަދާހަމަކޮށް އަޕްޑޭޓްވަމުންދާކަން ކަށަވަރުކުރުން.
  6. މުވައްޒަފުންގެ މުސާރައާގުޅުންހުރި އެންމެހައި ރިޕޯރޓްތައް ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންތައްކުރުމާއި ތައްޔާރުކުރުން. 
  7. ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ މީލާދީ މަހުގެ ހާޒިރީ ރިޕޯޓް ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ތައްޔާރުކުރުން.
  8. ޓްރައިބިއުނަލްގެ މުވައްޒަފުންނާއި މެންބަރުންގެ އަހަރީ ހާޟިރީ ރިޕޯޓް ޤަވާޢިދުން ތައްޔާރުކުރުން.
  9. މެންބަރުންނާއި މުވައްޒަފުންނަށް ހިންގޭ ޓްރެއިނިންގތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

10. ޓްރިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތައް ތައްޔާރުކޮށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11. ޕަރފޯމަންސް އެޕްރައިޒަލްއާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.

12. އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން.

13. މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ޙަވާލުކުރެވޭ ކޮމިޓީތަކުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.

14. މީގެ އިތުރުންވެސް މުވައްޒަފުންނާއި ގުޅުންހުރި އެންމެހައި މަސައްކަތްތަކާއި، އެޗް.އާރ ޔުނިޓުން ކުރަންޖެހޭ އެންމެހައި މަސައްކަތް ސްޕަވައިޒަރުގެ ލަފައާއި އިރުޝާދުގެ ދަށުން ކުރުން.

15. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ކެޕިޓަލް މެނޭޖްމެންޓް، ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބިޒުނަސް އެޑްމިނިސްޓްރޭޝަން، ބިޒުނަސް މެނޭޖްމެންޓް، މެނޭޖްމެންޓް ނުވަތަ މަގާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 7 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ކެޕިޓަލް މެނޭޖްމެންޓް، ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބިޒުނަސް އެޑްމިނިސްޓްރޭޝަން، ބިޒުނަސް މެނޭޖްމެންޓް، މެނޭޖްމެންޓް ނުވަތަ މަގާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ކެޕިޓަލް މެނޭޖްމެންޓް، ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބިޒުނަސް އެޑްމިނިސްޓްރޭޝަން، ބިޒުނަސް މެނޭޖްމެންޓް، މެނޭޖްމެންޓް ނުވަތަ މަގާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް) 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ)
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ)

 

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 06 އޮގަސްޓް 2026 އާއި 27 އޮގަސްޓް 2026  އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

 

އެހެނިހެން މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

 

                   އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2026 އޮގަސްޓް 05 ވަނަ ދުވަހުގެ

 13:00 ގެ ކުރިން

28 ޖުލައި 2026