ތަމްރީނު
ނަންބަރު: MNU-CA-RG/2026/28
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 22 އޮގަސްޓް 2026 23:59
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަޕަނީސް ލޭންގުއޭޖް ބޭސިކް ކޯހަށް އިޢުލާންކުރުން

އިޢުލާން

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއާއި ޖަޕާން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ފެކަލްޓީ އޮފް އާރޓްސް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

 ފޯމު ހުށަހެޅުމުގެ ސުންގަޑި:

 22 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ނިޔަލަށް

 ކޯސް ފެށޭ ތާރީޚު:

 31 އޮގަސްޓް 2026

 ކޯސް ހިންގޭނެ ގޮތް:

 ކުލާސްތަކަށް ހާޒިރުވެގެން

 ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަގުތުތައް:

 ހޯމަ އަދި ބުދަ ދުވަހުގެ ހަވީރު 15:00 އިން 17:00 އަށް

 ޖާގައިގެ ޢަދަދު:

 10

 މުއްދަތު:

 15 ހަފުތާ

 އުމުރުފުރާ:

 އުމުރުން 16 އަހަރު ފުރިފައިވުމާ އެކު، ފަށާތައުލީމުގެ މަރުހަލާ ނިންމާފައި ވުމާއެކު، އިނގިރޭސިބަހުން މުއާމަލާތްކުރުމުގެ ގާބިލުކަން ހުރުން

 ފޯމުގެ ލިންކު:

Japanese Language Basic - August 2026 

 ކޯސް ފީ:

 * ހިލޭ  (ކޯސްފީ ހިލޭ ކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑެވެލޮޕްމަންޓްގެ ކުރި ޕޯރޓަލް އިން އެޕްލައިކުރާ ފަރާތްތަކަށެވެ. އެނޫން ފަރާތްތަކުން ކޯހަށް ކަނޑައެޅިފައިވާ 2500.00 ދައްކަން ޖެހޭނެއެވެ.)

ކުރި ޕޯރޓަލް އިން އެޕްލައި ކުރާނެ ގޮތުގެ އިރުޝާދު ތިރީގައި އެވަނީއެވެ.

 Kuri Portal - User Guide

28 ޖުލައި 2026