ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއާއި ޖަޕާން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ފެކަލްޓީ އޮފް އާރޓްސް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 2" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
|
ފޯމު ހުށަހެޅުމުގެ ސުންގަޑި: |
22 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ނިޔަލަށް |
|
ކޯސް ފެށޭ ތާރީޚު: |
01 ސެޕްޓެމްބަރު 2026 |
|
ކޯސް ހިންގޭނެ ގޮތް: |
ކިލާސްތަކަށް ހާޒިރު ވެގެން |
|
ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަގުތުތައް: |
އާދީއްތަ އަދި އަންގާރަ ދުވަހު 19:00 އިން 21.00 އަށް |
|
ކޯހަށް ވަނުމުގެ ޝަރުތު: |
ޖަޕާނު ބަހުގެ 'އެލެމެންޓަރީ 1' އާ އެއްފެންވަރުގެ ކޯހެއް ނިންމާފައި ވުން ނުވަތަ އެއާ އެއް ފެންވަރު ހުރުން (ޝަރުތު ހަމަވާކަމުގެ ހެކި/ލިޔެކިޔުން ހުށަހަޅަންޖެހޭނެ) |
|
ޖާގައިގެ ޢަދަދު: |
20 |
|
މުއްދަތު: |
15 ހަފުތާ |
|
އުމުރުފުރާ: |
އުމުރުން 16 އަހަރު ފުރިފައިވުން |
|
ފޯމުގެ ލިންކު: |
|
|
ކޯސް ފީ: |
* ހިލޭ (ކޯސްފީ ހިލޭ ކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑެވެލޮޕްމަންޓްގެ ކުރި ޕޯރޓަލް އިން އެޕްލައިކުރާ ފަރާތްތަކަށެވެ. އެނޫން ފަރާތްތަކުން ކޯހަށް ކަނޑައެޅިފައިވާ 2500.00 ދައްކަން ޖެހޭނެއެވެ.( ކުރި ޕޯރޓަލް އިން އެޕްލައި ކުރާނެ ގޮތުގެ އިރުޝާދު ތިރީގައި އެވަނީއެވެ. |