ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
|
ފޯމު ހުށަހެޅުމުގެ ސުންގަޑި: |
15 އޮގަސްޓް 2026 ވަނަ ދުވަހުގެ 23:59 |
|
ކޯސް ފެށޭ ތާރީޚު: |
24 އޮގަސްޓް 2026 |
|
ކޯސް ހިންގޭނެ ގޮތް: |
ކިލާސްތަކަށް ހާޒިރުވެގެން |
|
ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަގުތުތައް: |
ހޯމަ އަދި ބުދަދުވަހުގެ 19:00 އިން 21:00 އަށް |
|
ޖާގައިގެ ޢަދަދު: |
10 |
|
މުއްދަތު: |
15 ހަފްތާ |
|
ކޯހަށް ވަނުމުގެ ޝަރުތު |
އުމުރުން 16 އަހަރު ފުރިފައިވުމާ އެކު، ފަށާތައުލީމުގެ މަރުހަލާ ނިންމާފައި ވުމާއެކު، އިނގިރޭސިބަހުން މުއާމަލާތްކުރުމުގެ ގާބިލުކަން ހުރުން |
|
ފޯމުގެ ލިންކު: |
|
|
ކޯސް ފީ: |
* ހިލޭ (ކޯސްފީ ހިލޭ ކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑެވެލޮޕްމަންޓްގެ ކުރި ޕޯރޓަލް އިން އެޕްލައިކުރާ ފަރާތްތަކަށެވެ. އެނޫން ފަރާތްތަކުން ކޯހަށް ކަނޑައެޅިފައިވާ 2250.00 ދައްކަން ޖެހޭނެއެވެ.) ކުރި ޕޯރޓަލް އިން އެޕްލައި ކުރާނެ ގޮތުގެ އިރުޝާދު ތިރީގައި އެވަނީއެވެ. |