ދިވެހިރާއްޖެ
'އެންހޭންސިންގ އެނަރޖީ އެފިޝަންސީ އޮފް އާރްއޭސީ އިކުއިޕްމަންޓް ތްރޫ ގުޑް ސަރވިސިންގ ޕްރެކްޓީސަސް' ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން
- 1. ތަފްސީލު
ޔުނައިޓެޑް ނޭޝަންސްގެ އެންވަޔަރަންމަންޓް ޕްރޮގްރާމާއި ޗައިނީސް އެސޯސިއޭޝަން ފޯރ ރެފްރިޖަރޭޝަން ގުޅިގެން، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑީޝަނިންގ (އާރްއޭސީ) ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަން ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ''އެންހޭންސިންގ އެނަރޖީ އެފިޝަންސީ އޮފް އާރްއޭސީ އިކުއިޕްމަންޓް ތްރޫ ގުޑް ސަރވިސިންގ ޕްރެކްޓީސަސް' ތަމްރީނު ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އާރްއޭސީ ދާއިރާގައި މަސައްކަތްކުރާ 2 ޓެކްނީޝަނުންނަށް ނުވަތަ ޓްރެއިނަރުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މި ތަމްރީނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިނގިރޭސިބަހުންނެވެ.
- 2. މައިގަނޑު މަޤްޞަދު
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރާ ޖީޑަބްލިޔުޕީ ދަށް ގޭސްތަށް ބޭނުންކުރުމާއި ގެންގުޅުމުގައި އަދި އިންސްޓޯލްކުރުމުގައި ގެންގުޅެންވީ އުސޫލުތަކާމެދު ޓެކްނީޝަނުންނަށް/ޓްރެއިނަރުންނަށް މައުލޫމާތު ދީ އަމަލީ ހުނަރު އިތުރުކުރުމެވެ. އަދި އިންސްޓޯލްކުރުމުގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެނަރޖީ އެފިޝަންޓް ސަރވިސިންގ ޕްރެކްޓިސްތަކާ މެދު އާރްއޭސީ ޓެކްނީޝަނުން/ޓްރެއިނަރުން ހޭލުންތެރި ކުރުމުގެ އިތުރުން މި މަޢުލޫމާތު ލިބިގަންނަ ފަރާތްތަކުން އެހެން ޓެކްނީޝަނުން/ޓްރެއިންރުންނާއި މަޢުލޫމާތު ހިއްސާކޮށް މި ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.
ވީމާ، ދިވެހިރާއްޖޭގައި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ 2 ޓެކްނީޝަނުން ނުވަތަ ޓްރެއިނަރުން މިތަމްރީން ޕްރޮގްރާމްގައި ބައިވެރިކުރުމަށް މި މިނިސްޓްރީއިން ބޭނުންވެއެވެ.
ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގޮތް
ހަތަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 10-13 ނޮވެމްބަރު 2026 ގައި ޗައިނާގެ ގުއަންޒޫގައެވެ. މި ތަމްރީނުގައި ތިއަރީ އަދި ޕްރެކްޓިކަލް (އަމަލީ) ސެޝަންތަކުގެ އިތުރުން ޗައިނާގެ އާރްއޭސީގެ އިކުއިޕްމަންޓް އުފައްދާ/ސާރވިސްކުރާ ފެސިލިޓީއަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތަމްރީނުގެ ތަފްސީލީ އެޖެންޑާ، ތަމްރީނަށް ހޮވޭ ބައިވެރިންނާ ފަހުން ހިއްސާކުރެވޭނެއެވެ.
މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ޗައިނީސް އެސޯސިއޭޝަން ފޯރ ރެފްރިޖަރޭޝަންގެ ފަރާތުން ހުރުން ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޓިކެޓާއި ކެއުމުގެ ހަރަދު މި މިނިސްޓްރީއިން ހަމަޖައްސައިދެވޭނެއެވެ.
- 3. ކެންޑިޑޭޓުންގެ ޝަރުތު
- ރެފްރިޖެރޭޝަން އަދި އެއަރ ކަންޑީޝަނިންގ އާ ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓެއް ލިބިފައިވުން
- އާރްއޭސީ ދާއިރާއިން ޢަމަލީ ތަޖުރިބާ ލިބިފައިވާ ޓެކްނީޝަނެއް ނުވަތަ ޓްރެއިނަރަކަށް ވުން
- އިނގިރޭސި ބަހުގެ ރަނގަޅަށް ލިޔަން ކިޔަން އެނގުން.
މި ތަމްރީނަށް ބައިވެރިން ހޮވާނީ ތިރީގައިވާ މިންގަނޑުތަކަށް ބަލައިގެންނެވެ. އަދި ޕޮއިންޓް ދެވޭނީ ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ.
|
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު |
ތަފްސީލު |
ބަލާނެ ލިޔެކިޔުން |
ޕޮއިންޓް |
|
ތަޢުލީމީ ފެންވަރު: |
އާރްއޭސީ އާ ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓެއް ލިބިފައިވުން |
ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް |
50 |
|
ލިބިފައިވާ ތަޖުރިބާ: |
ރެފްރިޖަރޭޝަން އަދި އެއަރ ކަންޑީޝަނިންގ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
|
މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްދޭ ލިޔުމެއް (މިހާރު ކުރަމުންދާ މަސައްކަތާއި މަސައްކަތް ކުރާތަނުގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) |
50 |
|
ޖުމްލަ = |
|
|
100 |
- 4. ތަމްރީނު ފުރިހަމަކުރުމަށް ފަހު
މިތަމްރީން ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީއިން ކަނޑައަޅާ ތާރިހަކުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި، ނޭޝަނަލް އޯޒޯން ޔުނިޓާއިއެކު 5-3 ތަމްރީން ސެޝަން ރާވާ ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.
- 5. ހުށަހަޅަންޖެހޭ ތަކެތި
ü ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ü ތަޢުލީމު ފެންވަރު އަންގައިދޭ ލިޔެކިޔުން (ޕޮއިންޓް ދެވޭނީ ހުށަހަޅާފައިވާ ލިޔުމަށް އެކަނި)
ü ތަޖުރިބާ އަންގައިދޭ ލިޔުންތައް (ޕޮއިންޓް ދެވޭނީ ހުށަހަޅާފައިވާ ލިޔުމަށް އެކަނި)
ü ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޓޭޗް ކޮފައިވާ އެޕްލިކޭޝަން ފޯމް)
- 6. ސުންގަޑި
ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2026 ވާ ބުދަ ދުވަހުގެ 1400 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް [email protected] އަށްހުށަހެޅުއްވުން އެދެމެވެ.
- 7. އިތުރު މަޢުލޫމާތު
މި ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ފޯން: 3018355،3018367، 3018361
އީމެއިލް: [email protected]
28 ޖުލައި 2026