ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/695/2026/12
ޕަބްލިޝްކުރި ތާރީޚް: 26 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 19:32
ސުންގަޑި: 05 އޮގަސްޓް 2026 14:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ސާވަރ އަޕްގްރޭޑް ކުރުމަށާއި، އަދި އައި.ޕީ ޓެލެފޯން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ސާވަރ އަޕްގްރޭޑް ކުރުމަށާއި، އަދި އައި.ޕީ ޓެލެފޯން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުގެ މެއިން ސާވަރ އަޕްގްރޭޑް ކުރުމަށާއި، އަދި އައި.ޕީ ޓެލެފޯން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު:   TENDER/695/2026/08، އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އާންމުކޮށް އިޢުލާން ކުރަމެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާގޮތަށް، ރަޖިސްޓްރީ ކުރައްވާ، ކަނޑައެޅިފައިވާ ތާރީޚުގައި ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް)

ތާރީޚް: 2026 ޖުލައި 28 ން ފެށިގެން، އޯގަސްޓް 05 ވަނަ ދުވަހުގެ މެންދުރުފަހު، 00:14 އަށް

އީމެއިލް [email protected] :ފޯނު ނަންބަރ: 6580029

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/YgqcsHgBx4huodvg8

އަންދާސީ ހިސާބު ހުށައެޅުއްވުން

ތާރީޚް: 2026 އޯގަސްޓް 11 ވާ އަންގާރަ ދުވަސް

ގަޑި: މެންދުރުފަހު 13:00

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސިއްދަ ކޮންފަރެންސް ރޫމް

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. މި ބީލަމާއިގުޅިގެން، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6580029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.  

12 ޞަފަރު 1448

26 ޖުލައި 2026