ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257 /257/2025/62
ޕަބްލިޝްކުރި ތާރީޚް: 26 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 07:09
ސުންގަޑި: 29 ޖުލައި 2026 20:45
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

              އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގެ ދަށުން މި އަހަރުގެ ޖުލައިމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2026 ޖުލައި 29 ވާ ބުދަ ދުވަހުގެރޭ 20:45 ގައި ބާރަށު ޕްރީސްކޫލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގެ އެޖެންޑާ:

  • 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހިއްސާކުރުން
  • 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހިއްސާކުރުން.
  • ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުން

މި ބައްދަލުވުމުގައި ބާރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

26 ޖުލައި 2026