ކުއްޔަށް ދިނުން
ނަންބަރު: (IUL)417-CA/417/2016/11
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 15 ފެބުރުވަރީ 2016 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރކްޝޮޕް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލުން

އިޢުލާން

ކުލީ ބިން ދޫކުރުން

މިރަށުގައި ވާރކްޝޮޕް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން 15 ފެބުރުވަރީ 2016 ވަނަދުވަހުގެ 10:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 01 ފެބުރުވަރީ 2016 އިން ފެށިގެން 10 ފެބުރުވަރީ 2016ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބައްލަވައިގަންނަވާ ފޯމާއެކު ބިން ކުއްޔަށް ހިފުމާބެހޭ މަޢުލޫމާތުޝީޓު ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ކޮންމެ ބިމަކަށް ވަކި ފޯމެއް ބައްލަވައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު ޢާންމު މިކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިންބިމެވެ.

  1. ވާރކްޝޮޕް ހެދުމަށް (ބިން ނަންބަރު 48.1 ، 1200 އަކަފޫޓު)
  2. ވާރކްޝޮޕް ހެދުމަށް (ބިން ނަންބަރު 48.2 ، 1200 އަކަފޫޓު)

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ކޯޕަރޭޓިވް/ލޯކަލް އިންވެސްޓްމެންޓްގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި/ކޯޕަރޭޓިވް/ލޯކަލް އިންވެސްޓްމެންޓްގެ ލިޔުމެއް، ކުންފުނި/ކޯޕަރޭޓިވް/ލޯކަލް އިންވެސްޓްމެންޓްގެ ރަޖިސްޓަރީގެ ކޮޕީ، އަދި ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުން، ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ، ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމު ހިފައިގެން ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ރަބީޢުލްއާޚިރު 1437

31 ޖަނަވަރީ 2016