ދިވެހިރާއްޖެ
އިޢުލާން
ވަގުތީ މުވައްޒަފުން ހޯދުމަށް 27 ޖަނަވަރީ 2016 ގައި މި ޑިޕާޓްމަންޓުން އިޢުލާން ކުރި IUL)120/1/2016/4) ނަންބަރުގެ އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، ތިރީގައިމިވާ މަޤާމަށް ވަގުތީ މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
މަޤާމް: |
އެގްޒެމިނަރ (ކޮންޓްރެކްޓް) |
||||
ބޭނުންވާ އަދަދު: |
2 (ދޭއް) |
||||
އުޖޫރަ: |
-/5,000 ރުފިޔާ (5 މޮޑިއުލް) |
||||
މުއްދަތު: |
18 ފެބުރުވަރީ 2016 އިން 13 މާރިޗު 2016 އަށް |
||||
އަސާސީ ޝަރުޠު: |
|
||||
މަޤާމުގެ މަސްއޫލިއްޔަތު: |
1- އާންމު އިމްތިޙާނުގެ ހުކުރުކުރުން (ލިއުން /އަނގަބަސް) 2- މުދިންކަން (އަނގަބަސް) 3- ޖަމާޢަތްތެރިކަން (އަނގަބަސް) 4- ޤުރްއާން |
ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންކަން:
ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުއިން ނުވަތަ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެއެވެ.
އިންޓަވިއު ކުރުން:
މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަވިއުކޮށް، ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dpe.edu.mv އިން މި ފޯމު ޑައުންލޯޑް ވެސްކުރެވޭނެއެވެ.)
ށ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)
ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން.
ރ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.
ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ)
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ފިލާ ބިލްޑިންގ 2، ބޮޑުތަކުރުފާނު މަގު، 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.
22 ރަބީޢުލްއާޚިރު 1437