ކުއްޔަށް ދިނުން
ނަންބަރު: 277/2016/03-ESMS
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 08 ފެބުރުވަރީ 2016 11:00
މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮސްޕިޓަލެއް އިމާރާތްކުރުމަށް ބިމެއް ދޫކުރުމާބެހޭ

އިޢުލާން

ހޮސްޕިޓަލެއް އިމާރާތްކުރުމަށް ބިމެއް ދޫކުރުމާބެހޭ

މި ކައުންސިލުން ކަނޑައަޅާ މިންގަނޑަކަށް ފެތޭގޮތަށް ޤައުމީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް މިރަށުން 40000 (ސާޅީސްހާސް) އަކަފޫޓުގެ ބިމެއް 50 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

މައުލޫމާތު ސާފުކުރުން

ފޯކައިދޫ ކައުންސިލްގެ އިދާރާ

ހޯމަ

08 ފެބުރުވަރީ 2016

11:00

ޕްރީ ބިޑް މީޓިންގ

ފޯކައިދޫ ކައުންސިލްގެ އިދާރާ

ބުރާސްފަތި

11 ފެބުރުވަރީ 2016

11:00

އަންދާސީހިސާބު ހުށަހެޅުން

ފޯކައިދޫ ކައުންސިލްގެ އިދާރާ

އަންގާރަ

16 ފެބުރުވަރީ 2016

11:00

ބިޑު ހުށަހަޅުއްވާއިރު ބިން ކުއްޔަށް ނަގަން ބޭނުންވާ މުއްދަތާއި، ބިމުގެ ކުއްޔާއި، ޕްރޮޖެކްޓް ކުރިޔަށް ގެންދަން ގަސްތުކުރާ ގޮތުގެ ޕްލޭނެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ދަންނަވަމެވެ. ކުންފުންޏެއްގެ ފަރާތުން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭފަދަ ލިޔުމެއް ގެންނަންވާނެއެވެ. ބިޑު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ރަބީޢުލްއާޚިރު 1437    

01 ފެބުރުވަރީ 2016