ވަޒީފާގެ ފުރުޞަތު
ނަންބަރު: IL/2026/15773
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 30 ޖުލައި 2026 13:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ހެޑް އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް

ސެކްޝަން/ޑިވިޜަން:

މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސެކްޝަން / އެގްޒެކެޓިވް އޮފީސް

ބޭނުންވާ ޢަދަދު

  • 01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ޖާރނަލިޒަމް، މީޑިއާ އެންޑް ކޮމިއުނިކޭޝަންސް، މާސް ކޮމިއުނިކޭޝަންސް ނުވަތަ ޕަބްލިކް ރިލޭޝަންސްއާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • މީޑިއާގެ ދާއިރާގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.
  • ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް މުއާމަލާތް ކުރުމުގެ ތަޖްރިބާ ލިބިފައިވުން.
  • އިގްތިޞާދީ އަދި މާލީ ޚަބަރު ތަކާއި މައުލޫމާތުތައް ދިރާސާކުރުމުގައި މަސައްކަތް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މީޑިއާ ސެކްޝަނުގެ މަސައްކަތްތައް ރާވާ ހިންގުމުގެ އިތުރުން ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރގެ މަސްޢޫލިއްޔަތު އަދާކުރުން.

މުސާރަޔާއި އިނާޔަތްތައް

43،000.00 – 45،500.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
  • މަސައްކަތުގެ އަދި މެނޭޖްމަންޓް ތަޖުރިބާ ބޭނުންވާ މަޤާމުތަކަށް، އެކަންކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ. އަދި ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބަލައިނުގަނެވޭނެ.
  • ވަޒީފާއެއް އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

30 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ ވަޒީފާއަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާ/ވަޒީފާތައް އަދާކޮށްފައިވާ ގޮތަށެވެ.

23 ޖުލައި 2026