ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/10
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 15 ފެބުރުވަރީ 2016 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް :އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު :2

ބޭނުންވާ ޢަދަދު

02

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގ. 1

ރޭންކް:އެމް.އެސް 1

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ށ. އަތޮޅާއި ސ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

  1. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިިލުކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ބަޖެޓް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1- އެފް.ސީ.އެސް.ސީގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔުންތަކާއި މަޢުލޫމާތުތައް އެއްކޮށް މުސާރަޝީޓް ތައްޔާރުކޮށް  ކަނޑައެޅިފައިވާ މުއްދަތުގައި މިނިސްޓްރީއަށް ފޮނުވުން

2- އެފް.ސީ.އެސް.ސީގެ މުވައްޒަފުންގެ ޕެންޝަން ސްކީމަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ ކަންތައް ނިންމުން.

3- ސަރުކާރުގެ ދަތުރުތަކުގައި ދާ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ކަންތައް ކުރުން.

4- އެފް.ސީ.އެސް.ސީ ތަކަށް ނަގަންޖެހޭ ފައިސާ ނެގުމާއި، ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.

5- ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތަކުގެ ޚަރަދަށް ޖަމާކުރަންޖެހޭ ފައިސާގެ ހިސާބުތަކާބެހޭ ރިޕޯޓުތައް މަހުންމަހަށް ހޯދައި ފައިސާ ރިޕޯޓްތައް ތައްޔާރުކޮށް ގަވާއިދުން ފައިލުކޮށް ބަލަހައްޓަމުން ގެންދިއުން.

6- އެފް.ސީ.އެސް.ސީ މެނޭޖްމަންޓްގެ ޔައުމިއްޔާއަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމުގެ ކަންތައް ކުރުން.

7- އެފް.ސީ.އެސް.ސީ ތަކުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި، ނުދެއްކި ހުރި ބިލުތަކުގެ ރަޖިސްޓަރީއެއް ހަދައި އެ ރަޖިސްޓަރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

8- އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

9- ޙަވާލުވެގެން ކުރެވޭ މަސައްކަތްތަކާބެހޭ އެންމެހައި ލިއުންތައް ތަރުތީބުން ފައިލުކޮށް (ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ބެލޭނެގޮތަށް) ރައްކާތެރިކަމާއެކު ބެލެހެއްޓުން.

10- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރިޑިޓް ނުކުރާ ސެޓްފިކެޓް ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ނުވަތަ އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. މި މަޤާމުތަކުގެ އިންޓަރވިއުކުރުން އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގައެވެ.

އިތުރު މަޢުލޫމާތު

- ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއް ސެންޓަރުން އަނެއް ސެންޓަރަށް ބަދަލު ކުރުމުގެ އުސޫލުގެ ދަށުން ފަންނީ މުވައްޒަފުން ވަކި މުއްދަތަކަށް އެހެން އަތޮޅުތަކުގެ ސެންޓަރުތަކުގައި މަސައްކަތްކުރަން ޖެހިދާނެއެވެ.

- އަތޮޅުތެރޭގެ ސެންޓަރުތަކަށް ނެގޭ ހިންގުމާ ހަވާލުވެ ހުންނަ "މެނޭޖަރ" އަދި ފަންނީ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުމުގެ އުސޫލުގެ ދަށުން 01 މަސްދުވަހަށް މިނިސްޓްރީގައި މަސައްކަތްކުރަން ޖެހޭނެއެވެ. އަދި މި މުއްދަތުގައި މާލޭގައި ހުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ އެ މުވައްޒަފަކު އަމިއްލައަށެވެ.

- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 / 3027549 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ  ކައުންޓަރުންނާއި އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.

 

 

  • 2016 ފެބުރުއަރީ 03 ވާ ބުދަ ދުވަހުން ފެށިގެން  2016 ފެބްރުއަރީ 15 ވާ ހޯމަ ދުވަހުގެ ނިޔަލަށް ގެޒެޓް ނެރުއްވާ ދުވަސް ދުވަހު ގެޒެޓުގައި ޝާއިޢު ކޮށްދެއްވުން އެދެމެވެ.
03 ފެބުރުވަރީ 2016