ދިވެހިރާއްޖެ
އިޢުލާން
މިސިއްޙީމަރުކަޒުގައި ލެބޯރެޓަރީއެއް ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 06 އޮގަސްޓް 2026 ވާ ބުރަސްފަތި ދުވަހުގެ ހެނދުނު 10:00 ގައި (ހދ.ކުރިނބީ ޞިއްޙީމަރުކަޒު) ގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ކުރިނބީ ސިއްޙިމަރުކަޒުގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 9 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
09 ޞަފަރަ 1448ހ.
23 ޖުލައި 2026 މ.