ވަޒީފާގެ ފުރުޞަތު
ނަންބަރު: HS/2016/05
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 10 ފެބުރުވަރީ 2016 14:00
ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމުގެ ނަން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމް އޮތް އޮފީސް:

ހިރިޔާ ސްކޫލް 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިރިޔާ ސްކޫލް، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން

މުސާރަ:

-/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީހުގެ ރިސެޕްޝަން ބެލެހެއްޓުން.
  2. އޮފީހަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތައް ފަދަތަކެތި ދުވަހުން ދުވަހަށް އެންޓަރކޮށް، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  3. އޮފީހުގެ ރިސެޕްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން.
  4. އެކި އެކި ބޭނުންތަކަށް އޮފީހަށް އަންނަ ފަރާތްތައް އިސްތިޤުބާލުކުރުމާއި، އެފަދަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުމާއި، އެފަރާތްތަކަށް ބޭނުންވާ ކަންކަން ހަމަޖައްސައިދީ އެހީތެރިވުން.
  5. ޔައުމިއްޔާ ލިޔަން ބޭނުންވާ މަޢުލޫމާތު ހޯދައި، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިއުން.
  6. ސްކޫލަށް އަންނަ ބިލުތައް އެންޓްރީކޮށް، ބަޖެޓް ސެކްޝަނުގެ ކަމާބެހޭ މުވައްޒަފުންނާ ދުވަހުން ދުވަހަށް ހަވާލުކުރުން.
  7. ޓީޗަރުން އޭ.ވީ.ރޫމް ބުކްކުރުމުގެ ރެކޯޑް ބަލަހައްޓާ ޓީޗަރުންނަށް އޭ ވީ ރޫމް ދޫކުރުމުގެ ކަންކަން ހިންގުން.
  8. ބަލައި ނައިސް ލަސްވާ ދަރިވަރުންގެ ބެލެނިވެރިންނަށް ގުޅައިދިނުން.
  9. ގަޑިޖެހިގެން ސްކޫލަށް އަންނަ ދަރިވަރުންގެ ބެލެނިވެރިންނަށް ގުޅައި، ގަޑިޖެހުނު ސަބަބު އޮޅުންފިލުވުމާއި، ރެކޯޑު ބެލެހެއްޓުން.
  10. ބަލިވެގެންނާއި އެހެންވެސް ގޮތްގޮތުން ގެއަށް ފޮނުވޭ ދަރިވަރުންގެ މަޢުލޫމާތު ނޯޓްކޮށް، ބެލެނިވެރިޔާގެ ސޮއިކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ހިރިޔާ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 10 ވާ ބުދަދުވަހުގެ މެންދުރު 14.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި  މަޤާމަށް  މީހަކު  ހޮވުމަށް  ހަމަޖެހިފައިވަނީ  އިންޓަވިއު   ކުރުމަށްފަހުގައެވެ.  އެހެންކަމުން،  އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، ހިރިޔާ ސްކޫލުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، 3307500 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016