ދިވެހިރާއްޖެ
ނަމްބަރ: GS-131/IUL/2026/005
އިޢުލާން
ބ.ކިހާދޫ ސްކޫލުގައި ކަރަންޓްގެ ބައެއްމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މި ސްކޫލްގެ އީމެއިލް: [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ ރަސްމީގަޑީގައި މި ސްކޫލު އޮފީހަށް ފޯމް ހުށަހަޅުއްވާ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށައަޅަ ފަރާތުގެ ޒިންމާއެކެވެ.
ބީލަން ހުށައެޅުން އޮންނާނީ 05 އޮގަސްޓް 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގައެވެ. ބީލަން ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު ބީލަން ހުށަހަޅަން ޖެހޭނެއެވެ. ބީލަން ހުށަހަޅާ ފަރާތަށް ހާޟިރުވެވެން ނެތްނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ބީލަން ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅާ ބީލަންތައް ކެނޑޭނީ ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޟިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާހާއި، ބީލަން ފޮތް އަދި ރަޖިސްޓްރީ ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކިހާދޫ ސުކޫލް / ބ. ކިހާދޫ
ފޯން: 6600017
އީ-މެއިލް: [email protected]
09 ޞަފަރަ 1448
23 ޖުލައި 2026