މަސައްކަތް
ނަންބަރު: (IUL)412/412/2026/43
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 04 އޮގަސްޓް 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
10 ސީޓުގެ އިލެކްޓްރިކް ބަގީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

10 ސީޓުގެ އިލެކްޓްރިކް ބަގީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:

  1. ކައުންސިލްގެ ބެލުމުގެ ދަށުން ކޮނޑޭއަށް ޒިޔާރަތް ކުރާ މެހުމާނުނަށް މެހުމާންދީ އަދާ ކުރުމަށާއި، ކައުންސިލްގެ އެކިއެކި ބޭނުންތަކަށް ބޭނުން ކުރުމަށް 10 ސީޓުގެ އިލެކްޓްރިކް ބަގީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ  22 ޖުލައި 2026 އިން 04 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  04 އޯގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ  ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 06 އޯގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  10 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6820019/9662499
  • އީމެއިލް: [email protected]
22 ޖުލައި 2026